ރާއްޖޭގެ ޚަބަރު އިންތިހާބުގެ ކުރިން ޝަރީއަތް ކުރިއަށް ނުގެންދަން ނަޝީދު އެދިއްޖެ

އިންތިހާބުގެ ކުރިން ޝަރީއަތް ކުރިއަށް ނުގެންދަން ނަޝީދު އެދިއްޖެ

އިންތިހާބުގެ ކުރިން ޝަރީއަތް ކުރިއަށް ނުގެންދަން ނަޝީދު އެދިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

Dhiislam-photo-raees-nashee090909

ރިޔާސީ އިންތިހާބުގެ ކުރިން ޝަރީއަތް ކުރިއަށް ނުގެންދިއުމަށް އަމުރެއް ނެރެދިނުމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދު ހައި ކޯޓުގައި އެދިއްޖެއެވެ.

ކުރީގެ ރައީސް މުހަންމަދު ނަޝީދު މިހެން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރާ ދައުވާއާ ގުޅިގެން ނަޝީދުގެ ފަރާތުން ހުޅުމާލޭ ކޯޓުގައި ނެގި އިޖްރާއީ ނުކުތާތަކުގެ މައްސަލަ އިސްތިއުނާފް ކުރުމުން މިއަދު ހައި ކޯޓުގައި ބޭއްވި ޝަރީއަތުގަ އެވެ.

މި ޝަރީއަތުގައި ކުރީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވެފައިވަނީ އެބެފުޅާއަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށްވާތީ ކެންޑިޑެސީ ގެއްލުވާލުމަށް ސިޔާސީ ފަރާތްތަކުން ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށާ ޝަރީއަތް އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ދަށު ކޯޓުގައި ކުރިއަށް ނުގެންދަން ނިންމައިދިނުމަށް އެދޭ ކަމަށެވެ.

ޝަރީއަތުގެ މަޖިލީސް ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވެފައި ވަނީ އެ މައްސަލައިގެ ހުކުމް މާދަމާ އިއްވާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.