ރާއްޖޭގެ ޚަބަރު އިންސާނެއްގެ ހަށިގަނޑު ފަޅުރަށަކަށް ލައްގައިފި

އިންސާނެއްގެ ހަށިގަނޑު ފަޅުރަށަކަށް ލައްގައިފި

އިންސާނެއްގެ ހަށިގަނޑު ފަޅުރަށަކަށް ލައްގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ގއ. ކުނބުރުދޫ އަށް ލައްގާފައި އޮތް ހަށިގަނޑު | ފޮޓޯ: ސަން

ގއ. ކުނބުރުދޫ އަށް ލައްގާފައި އޮތް ހަށިގަނޑު | ފޮޓޯ: ސަން

މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ފަޅު ރަށަކަށް ލައްގާފައި އޮއްވާ ފެނިއްޖެއެވެ.

މިހަށިގަނޑު ފެނިފައިވަނީ ގއ. ކަނޑުހުޅުދޫ އާއި ގެމަނަފުށްޓާ ދެމެދު އޮންނަ ކުނބުރުދޫ އިންނެވެ.

މިކަމާ ގުޅިގެން ފުލުހުން ހާމަކުރައްވާ ގޮތުގައި ކުނބުރޫދޫ އިން މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ލައްވެފައިވާ އޮތްކަމަށް ފުލުހުންނަށް ރިޕޯރޓްކޮށްފައިވަނީ މިއަދު ހެނދުނު 11:17 ހާއިރުކަމަށާއި މި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުން އެރަށް ގޮސް ބެލިބެލުމުން އެހީ ފިރިހެނެއްގެ ހަށިގަނޑެއްކަން އެނގިފައިވާކަމަށެވެ.

މީގެ އިތުރުން މަރުވެފައިވާ ހަށިގަނޑުގައި “ސައިޖަން ކުއީން” ޖަހާފައިވާ ލައިފް ޖެކެޓެއް އަޅާފައިވާކަމަށާއި އެހަށިގަނޑުގެ އަޞްލު ދެގެގަތުމަށް ކުރަންޖެހޭ ތަޙުޤީޤުތައް ކުރަމުން ދާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.