މެންބަރުން އިތުރުކުރުމުގެ ގޮތުން ޢަދާލަތު ޕާޓީގެ ވަފުދެއް މިއަދު ބ. ތުޅާދޫއަށް ދިޔުމުން އެރަށުގެ އެމްޑީޕީގެ މެންބަރުން ނުކުމެ، އެ ރަށަށް އެރިޔަ ނުދިނުމަށްޓަކައި މަސައްކަތްކޮށްފި ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
މިކަމާ ގުޅިގެން އަދާލަތު ޕާޓީން ބުނެފައި ވަނީ އެ ޕާތީގެ ވަފުދާ ދެކޮލަށް ހިންގި ހަމަނުޖެހުމުގައި، ރަށަށް އެރުމާ އެކު ވަރަށް ހަޑިހުތުރު ބަހުން ގޮވައި ވެލި އުކައި ހަދާފައިވާ ކަމަށާއި އެ ޕާޓީގެ ވަފުދެއް އެރަށަށް ދާކަން އެނގިގެން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން މާލެ އިން ތުޅާދު އަށް ގެންގޮސްފައިވާ ކަމަށެވެ.
އަދާލަތު ޕާތީން އިތުރަށް ބުނީ އެމްޑީޕީގެ މެމްބަރުންގެ ހުރަސްއެޅުންތަކާ އެކު ވެސް ތުޅާދޫގައި އެ ޕާޓީ އަށް މީހުން ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން މެންބަރުން އިތުރުކުރުމަށް ޣިޔާސުއްދީން ސްކޫލުގައި އިއްޔެ ބޭއްވި ހަރަކާތަކަށް އެމްޑީޕީގެ ބަޔަކު ހުރަސްއެޅުމަށް މަސައްކަތް ކޮށްފައި ވާކަމަށްވެސް ޢަދާލަތު ޕާޓީއިން ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...