އޭޝިއާ

މުރުތައްދުވީ ދެމީހަކު އަފްގާނިސްތާނުގައި ހައްޔަރުކޮށްފި

ލިޔުނީ: ހުސެއިން ސާލިމް

އަފްގާނިސްތާނުގެ ދެ ރައްޔިތަކުކަމުގައިވާ އުމުރުން 45 އަހަރުގެ މޫސާ ސައީދާއި، އުމުރުން 50 އަހަރުގެ އަހްމަދު ޝާޙް މުރުތައްދުވުމާގުޅިގެން ހައްޔުރުކޮށްފިއެވެ.

"އެ ދެމީޙުން ހައްޔަރުކޮށްފައި އެތިބީ ދީނުން ބޭރުވުމުގެ ކުށުގަ. އެއީ އިސްލާމްދީނުގައި ބޮޑު ކުށެއް. ކުއް ސާބިތުވެއްޖެ ނަމަ އެދެމީހުން މަރަން ނުވަތަ އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރެވޭނެ" ހުޅަނގު ކާބުލްގެ އިސް ޤާޟީއެއް ކަމަށްވާ މުހަށްމަދު ޤުރައިޝީ ވިދާޅުވިއެވެ. ޤުރައިޝީ އިތުރުރަށް ހާމަކުރެއްވީ މުރުތައްދުވީ ދެމީހުންކުރެން ރެޑް ކްރޮސްގައި މަސައްކަތް ކުރަމުންގެންދާ މޫސާ ސައީދު މިހާރު ވަނީ ކުށަށް އިއުތިރާފުވެފައިކަމަށެވެ. އަދި އޭނާ މުރުތައްދުވިކަމުގެ ހެކިވެސް ލިބިފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ.

ރެޑް ކްރޮސްގެ ފަރާތުން ވާހަކަ ދައްކަވަމުން ބިޖަން ފްރެޑްރިކްވެސް ވަނީ މޫސާ ސައީދު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. މޫސާ ސައީދަކީ ރެޑްކްރޮސްގައި 1995 ކުން ފެށިގެން މަސައްކަތްކުރަމުން އަންނަ މީހެކެވެ.

އަފްގާނިސްތާނުގެ ޕާލެމެންޓުގެ ވަރަށް ގިނަ މެންބަރުން އެމީހުންގެ އަމަލު ކުއްވެރިކޮށްފައިވާއިރު އެއް މެންބަރަކު، އެދެމީހުން ގެއިން ފެށިގެން ދަމާ ނެރެ އެންމެންގެ ކުރިމަތީ ބޯ ކަނޑާލުމަށްވެސް ވަނީ ގޮވާލައިފައެވެ.2001 ވަނަ އަހަރު ވެއްޓުނު ޠާލިބާނުންގެ ވެރިކަމަށްފަހު އެކުލަވާލައިފައިވާ ގާނޫނުގައިވެސް މުރުތައްދުވުން ވަނީ މަނާކުރެވިފައެވެ. އަދި ކުށް ސާބިތުވެއްޖެނަމަ އެމީހެއްގެ އަދަބަކީ މަރުގެ ހުކުމްކަމަށްވެސް ވަނީ ކަނޑަ އަޅައިފައެވެ.

އަފްގާނިސްތާނުގައި އެންމެ ފަހުން މީހަކު މުރުތަށްދުވެގެން ހައްޔަރުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. އެހެން ނަމަވެސް އެފަހަރު ބޭރުގެ ފިއްތުންތަކާހުރެ ކުށްވެރިޔާގެ މަށްޗަށް މަރުގެ ހުކުމް ވަނީ ތަންފީޒުނުކުރެވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ