"ފެސްޓަރންވޯލް" ހުޅަނގު ފާރަކީ ޔަހޫދީންގެ ދީނީ އެއްވެސް ފާހަގައެއް އޮތް ތަނެއްނޫން ކަމަށް ފަލަސްތީނުން ނެރުނު ދިރާސާއަކުން ބުނެފިއެވެ.
ދާދިފަހުން ފަލަސްތީނުން ކުރި ދިރާސާއަކަށް ފަހު ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މިފާރާއި ހިސާބަކީ ޔަހޫދީންނާ އެއްވެސް ގުޅުމެއްހުރި ތަނެއްނޫން ކަމުގައެވެ. އަދި އެއީ މުސްލިމުންގެ ރައުސްމާލެއް ކަމުގައެވެ. އެހެނަސް އިޒްރޭލުން ބުނަނީ އެހިސާބުގައި ހައިކަލް ސުލައިމާނީ ވާކަމަށާއި އެސަރަހައްދަކީ އިޒްރޭލުގެ މިލްކެއް ކަމަށެވެ.
ފަލަސްތީނުން ނެރެފައިވާ މިބަޔާނަށް ފަލަސްތީނުގެ ސަރުކާރުން ހާމަކޮށްފައިވަނީ "މިއީ ރަސްމީ ސިޔާސަތު އޭގައިވާ ރިޕޯޓެއް" ކަމަށާއި އޭގަވަނީ ތެދު ހަގީގަތް ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...