2011 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޯދައެއް ދޫކޮށްލި މީހަކު 150ރ. އިން ޖޫރިމަނާކޮށްފި އެވެ.
މަގުބޫލު އުޒުރެއް ނެތި ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމުގެ ކުށުގައި ޖޫރިމަނާ ކޮށްފައި ވަނީ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2523 މުހައްމަދު މާއިފް އެވެ.
މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނަނީ އޯގަސްޓް 20، 2011 ވަނަ ދުވަހުގެ މެންދުރު 1:50 އެހާކަންހާއިރު ކާނިވާކޮށި ސްޓޭޖް ކައިރީގައި ހުރި ޓެކްސީއެއްގެ ތެރޭގައި އިނދެ ތާޒާ ބްރޭންޑުގެ ބައި ލީޓަރު ފެންފުޅިއެއް ބޮއި މަގުބޫލު އުޒުރެއް ނެތި ރަމަޟާން މަހުގެ ރޯދަ ދޫކޮށްލައިފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.
މީގެ އިތުރުން މުހައްމަދު މާއިފް 150ރ. އިން ޖޫރިމަނާ ކޮށް އެފައިސާ ހަތް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.
މި މައްސަލައިގައި މާއިފްގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...