އިޒްރޭލުގެ ޑޮކްޓަރުންގެ ޓީމެއް އައިޖީއެމްއެޗްގައި އޮޕަރޭޝަން ކުރަން ފަށަން އުޅޭކަމުގެ ހަބަރު އާންމުވެއްޖެއެވެ.
ހަބަރު ލިބިފައިވާގޮތުގައި މިޓީމުން ރާއްޖެ އަންނަނީ އެކަމަށް ބޭނުންވާ ސާމާނުތައް ހިފައިގެންނެވެ. މިޓީމަކީ ލޮލުގެ އޮޕަރޭޝަން ކުރާ ޓީމެއްކަމަށާއި މިޓީމުގައި އިޒްރޭލުގެ 4 ޓަކްޓަރުން ހިމެނޭކަމަށް ހަބަރުތަކުން ބުނެއެވެ. މިޓީމުން އައިޖީއެމްއެޗްގައި ހަފުތާއެއްހާ ދުވަހު ހިދުމަތް ދޭނެކަމަށްވެސް ހަބަރު ލިބެއެވެ.
މިޓީމަކީ އަމިއްލަ ގޮތުން އައި ކޭމްޕްތައް ބާއްވަމުން އަންނަ ޓީމެއް ކަމަށްވެސް ހަބަރު ލިބެއެވެ. މިޑޮކްޓަރުންގެ ޓީމަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު އައިޖީއެމްއެޗް އިން މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މިޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ނުވަ ވަނަ ދުވަހުއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...