ރާއްޖޭގެ ޚަބަރު ޖުވާ ކުޅެމުން ދިޔަ ބިދޭސީން ތަކެއް ހައްޔަރުކޮށްފި

ޖުވާ ކުޅެމުން ދިޔަ ބިދޭސީން ތަކެއް ހައްޔަރުކޮށްފި

ޖުވާ ކުޅެމުން ދިޔަ ބިދޭސީން ތަކެއް ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ޖުވާ ކުޅެމުންދިޔަ 21 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ | ފޮޓޯ: ހަވީރު

ޖުވާ ކުޅެމުންދިޔަ 21 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ | ފޮޓޯ: ހަވީރު

މާލޭގެ ގެއެއްގެ ތެރޭގައި ޖުވާ ކުޅެމުން ދިޔަ ބިދޭސީން ތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ކޯޓް އަމުރެއްގެ ދަށުން މ.ޕިންކްރޯޒް ބަލައިފާސްކޮށް ޖުވާ ކުޅެމުންދިޔަ 21 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށާއި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 21 ބިދޭސީންގެ ތެރެއިން 15 ބިދޭސީންނަކީ ޤަވާޢިދާއި ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބައެއް ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މ.ޕިންކްރޯޒް ބަލައިފާސްކުރިއިރު އެގޭ ތެރެއިން ޖުވާކުޅުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާކަމަށެވެ.

މީގެ އިތުރުން ޖުވާކުޅެމުން ދިޔަ 21 ބިދޭސީންގެ އިތުރުން ޤަވާޢިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ 53 ބިދޭސީއަކުވެސް މ.ޕިންކްރޯޒް އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.