ރާއްޖޭގެ ޚަބަރު ޒިނޭގެ ދައުވާ ކުރީ ދޮންބައްޕަ ޖިންސީ ގޯނާކުރި މައްސަލައަކު ނޫން: ޕީޖީ

ޒިނޭގެ ދައުވާ ކުރީ ދޮންބައްޕަ ޖިންސީ ގޯނާކުރި މައްސަލައަކު ނޫން: ޕީޖީ

ޒިނޭގެ ދައުވާ ކުރީ ދޮންބައްޕަ ޖިންސީ ގޯނާކުރި މައްސަލައަކު ނޫން: ޕީޖީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ށ. ފޭދޫ

ށ. ފޭދޫ

ށ. ފޭދޫގައި ބަލިވެ އިނދެ ވިހެއި 15 އަހަރުގެ އަންހެންކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ ކޮށްފައި ވަނީ އެކުއްޖާގެ ދޮންބައްޕަ އޭނާއާ ޖިންސީ ގުޅުން ހިންގި މައްސަލާގައި ކަމަށް ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދޮގުކޮށްފިއެވެ.

އެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާކުރުމަކީ "ރަނގަޅު ކަމެއް ނޫން" ކަމަށް ޖެންޑާ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ މީގެ ކުރިން ވިދާޅުވެފައި ވާއިރު ޕީޖޭ އޮފީހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ ކޮށްފައި ވަނީ އެހެން މީހަކާ އެކު އެ އަންހެން ކުއްޖާ ޒިނޭ ކޮށްފައިވާކަން ފުލުހުންގެ ތަހުގީގުން އެނގެން އޮތުމުން ކަމަށެވެ.

މި މައްސަލަ ފެންމަތި ވެފައިވަނީ އަންހެން ކުއްޖާގެ ދޮންބައްޕަ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްގެން ލިބުނު ދަރިފުޅު މަރާލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮއްށެވެ.

އެ އަންހެން ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުން ޝަރީއަތް ފަށާފައި ވާއިރު އެ އަންހެންކުއްޖާ ވިހެއި ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ދޮންބައްޕަ  ށ. ފޭދޫ ބްލޫހެވަން އަބްދުލް ޣަފޫރު ގާސިމް، 44، އާއި އެކުއްޖާގެ މަންމަ ށ. ފޭދޫ ވައިމަތީގޭ އަޒީޒާ އިބްރާހީމް، 49، ގެ މައްޗަށް ދައުލަތުން ވަނީ "ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ" އުފުލާފަ އެވެ.

އަދި ހަމަ މިއާއެކު އެ އަންހެން ކުއްޖާގެ ދޮންބައްޕަގެ މައްޗަށް އޮރިޔާން ކާޑް ގެންގުޅުމުގެ ކުށުގެ ދައުވާ އިތުރުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ ގުޅުން ހިންގި ކަމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.