ރާއްޖޭގެ ޚަބަރު ހުސައިން ރަޝީދު އެމްޑީޕީ އާ ގުޅިވަޑައިގެންފި

ހުސައިން ރަޝީދު އެމްޑީޕީ އާ ގުޅިވަޑައިގެންފި

ހުސައިން ރަޝީދު އެމްޑީޕީ އާ ގުޅިވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިހް ހުސެން ރަޝީދު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ - ދިއިސްލާމް ފޮޓޯ: އަސްވާގު

އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިހް ހުސެން ރަޝީދު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ - ދިއިސްލާމް ފޮޓޯ: އަސްވާގު

އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިހް ހުސައިން ރަޝީދު އަހުމަދު އެމްޑީޕީ އާ ގުޅިވަޑައިގެންފިއެވެ.

ރޭ ކާނިވާ ސަރަހައްދުގައި "އެމްޑީޕީގެ ކާމިޔާބު އަހަރު 2013"ގެ ނަމުގައި ބޭއްވި ޖަލްސާގައި ހުސައިން ރަޝީދު އެމްޑީޕީ އާ ގުޅިވަޑާއި ގަންނަވަމުން ވިދާޅުވީ އެމްޑީޕީއާ އޭނާ ގުޅިވަޑައިގަތީ އަދާލަތު ޕާޓީ އަށް ވަނުމަކީ ޢައިނިއްޔަ ފަރުޟެއް ނޫންކަން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދެއްވުމަށާއި އަޅުވެތިކަމާ މިފަދަ ހުރިހާ ކަމަކުން "ގޯނީގެ ދެކޮޅު މޮހެލާފައި ވައްޓާލީ" އެމްޑީޕީ ކަމަށްވާތީ ކަމަށެވެ.

ރޭގެ ޖަލްސާގައި ހުސައިން ރަޝީދު ވަނީ އަދާލަތު ޕާޓީގެ އިސްވެރިންނާ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިގޮތުން ހުސައިން ރަޝީދު ވިދާޅުވީ އަދާލަތޭ ބުނީމަ އެބޭފުޅާއަށް މިހާރު ސިފަކުރެވެނީ ކްރިސްޓިއަން ދީނުގެ ފާދިރީންތަކެއްގެ ގޮތުގައި ކަމަށާ ފާދިރީން މީހަކު މަރުވީމައި ސަންދޯކަށް ސިޓީއެއްލާ ކަމަށާއި އެސިޓީން އެމީހަކަށް ސުވަރުގެއިން ތަނެއްދޭ ކަމަށެވެ.

އަދި ހަމަ މިއާއެކު މީގެ ކުރިންވެސް އެމްޑީޕީ އާ ގާތް ގުޅުމެއް ބާއްވާ ހުސައިން ރަޝީދު ވަނީ ދީނާ ގައުމަށްޓަކައި އަދާލަތަށް ސޮއިކުރުން މުހިއްމު ކަމަށް އެޕާޓީން ދާދި ފަހުން ބުނެފައިވާތީ އެކަމަށް ވެސް ފާޑު ކިޔާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.