ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު ވަހީދު ހަސަން މަނިކު ގަން އެއަރޕޯޓް ކަމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، އަލުން އެކުލަވާލައިފިއެވެ.
ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، އައްޑުއަތޮޅު ހިތަދޫ އަލްމާސް އަލްފާޟިލް ޢަބްދުﷲ ޠާހިރު އައްޔަން ކޮށްފައިވާއިރު މެނެޖިންގ ޑިރެކްޓަރަކަށް އައްޔަން ކޮށްފައިވަނީ އައްޑުއަތޮޅު ހިތަދޫ ރިޔާޒް އަލްފާޟިލް ޢަބްދުﷲ ޖަމީލެވެ.
މީގެ އިތުރުން ގަން އެއަރޕޯޓް ކަމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުންގެ ގޮތުގައި އައްޔަން ކޮށްފައިވަނީ އައްޑުއަތޮޅު ހިތަދޫ ފެއަރލިންގ އަލްފާޟިލް އިބްރާހީމް ޖަމާލާއި، އައްޑުއަތޮޅު ހިތަދޫ ގުލްފާމްގޭ އަލްފާޟިލާ ފާޠިމަތު މުޙަންމަދުދީދީ އާއި އަދި އައްޑުއަތޮޅު ހިތަދޫ މައިޒާންދޮށުގޭ އަލްފާޟިލް އިބްރާހީމް ސަޢީދެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...