އިސްލާމިކް ބޭންކުން ދޭ ހިދުމަތް ތަކުގެ ތެރެއިން ކޭޝް ކާޑް ބޭނުންކޮށްގެން ވިޔަފާރިކުރެވޭ ގޮތަށް ތައާރަފް ކުރި ޕީއޯއެސް ހިދުމަތް ފުޅާކުރުމުގެ ގޮތުން މާލޭގެ އިތުރު 25 ފިހާރައެއްގައިި ޕީއޯއެސް މެޝިންތައް ބަހައްޓައިފިއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އިސްލާމިކް ބޭންކުން ތައާރަފް ކުރި މި ހިދުމަތް އެބޭންކުން ފަށާފައި ވަނީ 50 ފިހާރައެއްގައި ޕީއޯއެސް މެޝިންތައް ބަހައްޓައި ގެންނެވެ.
އިސްލާމިކް ބޭންކުން ޖުމްލަ 75 ފިހާރައެއްގައި ޕީއޯއެސްގެ ހިދުމަތް ދޭން ފަށާފައި ވާއިރު އެ ބޭންކުން ބަހައްޓާ މެޝިންތަކަކީ ރާއްޖޭގައި އާއްމުކޮށް ހުންނަ މެޝިންތަކާ ހިލާފަށް ވަޔާލެސްކޮށް ބޭނުންކުރެވޭ މެޝިންތަކެކެވެ.
މީގެކުރިން އިސްލާމިކް ބޭންކުން މި ހިދުމަތް ތައާރަފް ކުރަމުން ހާމަކުށްފައިވާ ގޮތުގައި މި ހިދުމަތަކީ އެ ބޭންކުގެ ކަސްޓަމަރުންގެ ވަރަށް ބޮޑު އެދުމަކާ އެކު ތައާރަފްކުރި ހިދުމަތެއް ކަމަށާއި މި ހިދުމަތް ދެމުން ގެންދަނީ ކަސްޓަމަރުންގެ އަތުން އެއްވެސް ޗާޖެއް ނުނަގާ ގޮތަށް މުޅިން ހިލޭ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...