ރާއްޖޭގެ ޚަބަރު

އިންޓަނެޓުން ސަބްސިޑީ ދިނުމާބެހޭ ބިލެއް މަޖިލީހަށް

nasheedh member

އިންޓަނެޓުން ސަބްސިޑީ ދިނުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. .

ނަޝީދު އޭނާގެ އަމިއްލަ ބްލޮގުގައި ވިދާޅުވެފައިވާ ގޮތުގައި އިންޓަނެޓު މިހާރު ނުލިބޭ ހިސާބުތަކަށް އިންޓަނެޓު ފޯރުކޮށްދޭން ޖެހޭ ގޮތަށް އޭނާ ތައްޔާރު ކުރައްވަމުން ގެންދަވާ ބިލުމަޖިލީހަށް ހުށަހަޅަން ޖެހެނީ ސަރުކާރުގެ އެހީތެރިކަމާ އެކު ކަމަށްވާ ނަމަ އެކަމަށް ސަރުކާރުގެ އެހީތެރިކަން ވެސް އެދިވަޑައި ގަންނަވާނެ ކަމަށް ނަޝީދު ލިއުއްވާފައިވެއެވެ.

އަދި އޭގެ އިތުރުން ލިޔުވައިފައިވަނީ ޓްވިޓައާއި ފޭސްބުކަށް ވަނުމަށް އެކަނި ޒުވާނުން އިންޓަނެޓުގެ ބޭނުން ކުރަމުންދާ ކަމަށް ބުނުމަކީ ހަގީގަތެއް ނޫން ކަމަށާއި އިންޓަނެޓު ލިބެން ހުރުމަކީ ތައުލީމު އުނގެނުމަށާއި މައުލޫމާތުގެ ހަޒާނާ މުއްސަނދި ކުރުމަށް ލިބޭ ލުޔެއް ކަމަށް ވެސް ލިޔުއްވާފައިވެއެވެ. ނެޝަނަލް ޕްލޭނިންގެ 2010 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އާބާދީގެ 27 އިންސައްތައަކީ އިންޓަނެޓު ބޭނުން ކުރާ މީހުން ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

އެހެންކަމުން އިންޓަނެޓުގެ ހިދުމަތްދޭނެ އުސޫލުތަކެއް ކަނޑައަޅާފައި ވިޔަފާރިތަކުން އިތުރު ޕަސެންޓެއް ނަގާގޮތަށް ނަމަވެސް އާއްމުންނަށް އިންޓަނެޓް ލިބޭނެ ގޮތް ހެދުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ރަނގަޅެއް ނޫންތަ. ދުރުވިސްނޭ ބޭފުޅުންން ކުރައްވާނީ މިފަދަ ކަންކަން…..

Your email address will not be published. Required fields are marked *