މިދިޔަ އަހަރު ނިމެން އުޅެނިކޮށް އިންޑިއާގެ ނިއުދިއްލީގައި ޒުވާން އަންހެން ކުއްޖަކު ރޭޕްކޮށްފައިވަނިކޮށް އިންޑިއާގައި އަނެއްކާވެސް ޕަސެންޖާ ބަހަކަށް އެރި އަންހެން ކުއްޖަކު ރޭޕްކޮށްފި އެވެ.
އިންޑިއާގެ ފުލުހުން މައުލޫމާތު ދިން ގޮތުގައި ޕަންޖާބު ސްޓޭޓު ނިސްބަތްވާ އުމުރުން 29 އަހަރުގެ މިއަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ ޖެނުވަރީ 11 ވަނަ ދުވަހުގެ ރޭ ގޮތް ނޭންގޭ ތަނަކަށް ގެންދިއުމަށްފަހު ކަމަށެވެ. އަންހެން ކުއްޖާ ރޭޕްކުރީ އުތުރުގެ ޕަންޖާބު ސްޓޭޓުގައި ދިރިއުޅޭ ތިމާގެ މީހަކާ ބައްދަލު ކުރުމަށް ދިއުމަށް ބަހަށް އެރިތަނާ އެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން އަންހެން ކުއްޖާ ސިކުންގެ ސިޓީއެއް ކަމަށްވާ އަމްރިތުސާ އަށް ގެންގޮސް ރޭޕްކުރީ ގެއަކަށް ގެންދިއުމަށްފަހު އެވެ. އޭގެ ފަހުން އެ މީހުން ވަނީ އެ ކުއްޖާގެ ތިމާގެ މީހާގެ އަވަށާ ކައިރި އަށް ގެނެސް އެތަނަށް ދޫކޮށްލިއެވެ. ތުހުމަތު ކުރެވޭ ހަ މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިމީހުންނާއި ބެހޭ މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. މި ހާދިސާގައި ހިނގާފައި މި ވަނީމިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އިންޑިޔާގެ ނިއުދިއްލީގައި ދުއްވަމުން ދިޔަ ބަހެއްގައި އަންހެން ކުއްޖެއް ރޭޕްކުރި މައްސަލައިގެ ޝަރީއަތް ކުރިއަށްދާ ދަނޑިވަޅެއްގައި އެވެ.
މިފަހަރު ހާދިސާ އަންހެން ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ ހަ މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަ ކުރިއެވެ. ނަމަވެސް މިމީހުންނާއި ބެހޭ މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

















advertisment
ޚިޔާލު