ރާއްޖޭގެ ޚަބަރު އާދަމް ހަލީމް މަރާލި ކަމުގެ ކުށުގައި މުހައްމަދު ސަމާހު މެރުމަށް ހުކުމްކޮށްފި

އާދަމް ހަލީމް މަރާލި ކަމުގެ ކުށުގައި މުހައްމަދު ސަމާހު މެރުމަށް ހުކުމްކޮށްފި

އާދަމް ހަލީމް މަރާލި ކަމުގެ ކުށުގައި މުހައްމަދު ސަމާހު މެރުމަށް ހުކުމްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

dhi_samaah

މިދިއަ އަހަރު ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ރޭ މަރާލި ޕޮލިސް ލާންސްކޯޕްރަލް ކާށިދޫ ކެތި، އާދަމް ހަލީމް މަރާލި ކަމަށް މުހައްމަދު ސަމާހުގެ މައްޗަށް ސާބިތުވެ، އޭނާ މެރުމަށް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ އިސްލާމީ އުސޫލުތަކާ ޚިލާފު ނުވާ ގޮތުގެ މަތިން ސަމާހު މެރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަމުރުކުރާ ކަމަށެވެ.

ދައުލަތުން ސަމާހުގެ މައްޗަށް ކުރި ދައުވާގައި ބުނަނީ ސަމާހު ގޭ ބަންދުކޮށްފައި ހުއްޓާ ގެއިން ނުކުމެފައި ވާތީ ހަލީމް އޭނާ ކާށިދޫ ޕޮލިސް ސްޓޭޝަނަށް ގެންދަން އުޅުމުން އެކަމާހިތް ހަމަ ނުޖެހި ހިންގިހަމަނުޖެހުމުގެ ތެރޭގައި ވަޅިއަކުން ހަލީމްގެ ވާތްފަރާތު ކޮނޑު ހުޅުކައިރިއަށް ހަމަލާދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ލިބުނު ޒަޚަމް ތަކަށް ބޭސް ފަރުވާކުރަމުން ދަނިކޮށް ހަމައެރޭ 12:10 ގައި ހަލީމް މަރުވެފައި ވާތީއޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރާކަމަށެވެ.

ހަލީމް މަރުވި އިރު އޭނާގެ އަންބަކާއި ތިންމަހުގެ ދަރިއަކުހުރިއިރު ހަލީމްގެ ހަތަރު ވާރިސުންގެ ތެރެއިން ތިން ވާރިސަކު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށްދިން ބަޔާނުގައި ސަމާހުގެ މައްޗަށް ކުށް ސާބިތު ވެއްޖެނަމަ ބޭނުން ވަނީ މަރަށް މަރުހިފުމަށް ކަމަށް ބުނެފައި ވެއެވެ. އާދަމް ހަލީމްގެ ހަތަރު ވަނަ ވާރިސަކީ އޭނާގެ ތުއްތުދަރިފުޅެވެ.

މިއަދު ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ އާދަމް ހަލީމްގެ ހަތަރު ވާރިޝުންގެ ތެރެއިން ތިން ވާރިސުންގެ ބަސް ނެގި އިރު އެ އެންމެން ބޭނުންވަނީ މަރަށް މަރު ހިފުމަށް ކަމަށާއި ހަތަރު ވަނަ ވާރިޝަކީ އޭނާގެ އެއް އަހަރު ނުވާ ކުޑަ ދަރިފުޅު ކަމުގައިވާތީ ދަރިފުޅުގެ ފަރާތުން މަރަށް މަރު ހިފުމަށް ކަނޑައެޅިދާނެ ކަމަށް ހަނިފީ މަޒްހަބާއި މާލިކީ މަޒުހަބްގައި ބުނެފައިވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.