ކޮންމެ ހުކުރު ދުވަހަކު ކަހްފް ސޫރަތް ކިޔެވުމާއި ކޮންމެ ރެޔަކު މުލްކު ސޫރަތް ކިޔެވުން

ކޮންމެ ހުކުރު ދުވަހަކު ކަހްފް ސޫރަތް ކިޔެވުމާއި ކޮންމެ ރެޔަކު މުލްކު ސޫރަތް ކިޔެވުން
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ސުވާލު: ކޮންމެ ހުކުރު ދުވަހަކު ކަހްފް ސޫރަތް ކިޔެވުމާއި ކޮންމެ ރެޔަކު މުލްކު ސޫރަތާއި ޔާސީން ސޫރަތް ކިޔެވުމަކީ ކޮންކަހަލަ ކަމެއްތޯ؟

الحمد لله، والصلاة والسلام على من لا نبي بعده،

ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމާއި ބެހޭ ގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފިނަމަ ދެހުކުރު ދެމެދުގައި އަލިކަމެއް ލައްވައެވެ".
ކޮންމެ ރެއަކު މުލްކު ސޫރަތް ކިޔެވުން:

އަބޫހުރައިރާ ރަޟިޔަ ﷲ ޢަންހު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِنَّ سُوْرَةً مِّنَ القُرْآنِ ثَلَاثُوْنَ آيَةً شَفَعَتْ لِرَجُلٍ حَتَّى غُفِرَ لَهُ وَهِيَ سُوْرَةُ تَبَارَكَ الَّذِيْ بِيَدِهِ الْمُلْكُ ) މާނައަކީ: "ހަމަކަށަވަރުން ގުރްއާނުގެ ސޫރަތެކެވެ. އެސޫރަތުގައިވަނީ ތިރީސް އާޔަތެވެ. އެއާޔަތްތައް މީހާގެ ފާފަ ފުއްސެވުމަށް ދާންދެން އެމީހަކަށް ޝަފާޢަތްތެރިވެދެއެވެ. އެއީ ތަބާރަކަ ސޫރަތެވެ".

މަގްޞަދަކީ: ކޮންމެ ރެއަކު މިސޫރަތް ކިޔެވުމެވެ. އަދި އެސޫރަތުގައިވާ ޙުކުމް ތަކަށް ފުރިހަމަ އަށް ކިޔަމަންތެރި ވުމެވެ. އަދި އެސޫރަތުގައި އައިސްފައިވާ ވާހަކަ ތަކަށް ފުރިހަމަ އަށް އީމާންވެ ތެދުކުރުމެވެ".

عَنْ عَبْدُ اللهِ بِنْ مَسْعُوْدٍ قَالَ : مَنْ قَرَأَ تَبَارَكَ الَّذِيْ بِيَدِهِ الْمُلْكُ كُلَّ لَيْلَةٍ مَنَعَهُ اللهُ بِهَا مِنْ عَذَابِ الْقَبْرِ ، وَكُنَّا فِيْ عَهْدِ رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نُسَمِّيْهَا اَلْمَانِعَةِ ، وَإِنَّهَا فِيْ كِتَابِ اللهِ سُوْرَةٌ مَنْ قَرَأَ بِهَا فِيْ كُلِّ لَيْلَةٍ فَقَدْ أَكْثَرَ وَأَطَابَ، މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވިއެވެ. "ކޮންމެ ރެއަކު ތަބާރަކަ ސޫރަތް ކިޔަވައިފިމީހަކު ކަށްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވާނެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައި އަހަރުމެން އެސޫރަތަށް ކިޔާ އުޅުނީ "އަލްމާނިޢާ" (މަނާކުރާ) އެވެ. އެއީ ﷲ ގެ ފޮތުގައިވާ ސޫރަތެކެވެ. ކޮންމެ ރެއަކު އެސޫރަތް ކިޔަވައިފި މީހަކު ވަރަށް ގިނަ ހެޔޮކަންތައް ކޮށްފިއެވެ. އަދި އޭނާ ކާމިޔާބު ހޯދައިފިއެވެ".

އެހެންކަމުން ކޮންމެ ރެއަކު އެއްފަހަރު މިސޫރަތް ކިޔެވުމަށް ޢާދަ ކުރައްވާށެވެ. އަދި މިސޫރަތުގެ މާނަ ދަސްކުރައްވާ އޭގައިވާ ޙުކުމްތައް ރަގަޅަށް ދަސްކުރައްވާ ހައްދަވާށެވެ. ﷲ ގެ ރަޙްމަތުން ކަށްވަޅުގެ ޢަޛާބުން ސަލާމަތްވާނެއެވެ. އާމީން.

ކޮންމެ ރެއަކު ޔާސީން ސޫރަތް ކިޔެވުމާއި ބެހޭ ގޮތުން ދަލީލެއް ލިބިފައި ނެތެވެ. والله تعالى أعلم.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.