ރާއްޖޭގެ ޚަބަރު

ވައިކަރަދޫ ބަނދަރު 41.1 މިލިއަން ރުފިޔާއަށް އެމްޓީސީސީ އަށް ހަވާލުކޮށްފި

ވައިކަރަދޫ ބަނދަރު | ދިއިސްލާމް ފޮޓޯ: އަބްދުﷲ ޝަފީޢު
ވައިކަރަދޫ ބަނދަރު | ދިއިސްލާމް ފޮޓޯ: އަބްދުﷲ ޝަފީޢު

ވައިކަރަދޫ ބަނދަރު | ދިއިސްލާމް ފޮޓޯ: އަބްދުﷲ ޝަފީޢު

ހދ. ވައިކަރަދޫ ބަނދަރު ހެދުމުގެ މަސައްކަތް 41.1 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަދުހަމް އަބްދުﷲ އެވެ. މިރަސްމިއްޔާތުގައި ހދ އަތޮޅު ކައުންސިލްގެ ފަރާތުންނާއި ވައިކަރަދޫ ކައުންސިލްގެ ފަރާތުން ބައިވެރިވިއެވެ.

އެމްޓީސީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އަންނަ މަހު މެދުތެރޭގައި މަސައްކަތް ފަށައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ބަނދަރު ނިންމަން ޖެހެ އެވެ. އަދި ވައިކަރަދޫގެ މިހާރުގެ ބަނދަރަކީ 700 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރަކަށް ވީނަމަވެސް އެމްޓީސީސީން އަލަށް ހަދާނީ 900 ފޫޓޫ ދިގު 250 ފޫޓު ފުޅާ ބަނދަރެއް ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. އަދި އަލަށް އެޅޭ ބަނދަރުގައި ބޮޑު ހިލައިގެ 345 މީޓަރުގެ ބޭރު ތޮއްޓެއްލައި ބޮޑުހިލައިން 90 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމުގެ އިތުރުން 393 މީޓަރުގެ ކޮންކްރީޓް އެއްގަމު ތޮއްޓެއް ލާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ހާމަކުރެއެވެ.

“މި ޕްރޮޖެކްޓްގެ ދަށުން މިހާރު ވައިކަރަދޫގައި ހެދިފައިވާ ބަނދަރު އެއްކޮށް ނަގާ މުޅިން އާ އެއްގަމު ތޮއްޓަކާއި، ބޭރު ތޮއްޓެއް ލެވިގެންދާނެ. ފަޅުވެސް ފުން ކުރެވޭނެ. ވައިކަރަދޫ ބަނދަރާއި އެއްގަމު ތޮށި ހަލާކުވެފައި ވާތީ ވަރަށް ނުރައްކާތެރި ހާދިސާތައް ވެސް ކުރިމަތި ވަމުން އެބަދޭ. އެހެންކަމުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް މިކަމަށް ވަނީ ދެއްވާފައި،” މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ހައުސިން މިނިސްޓްރީގައި އޮތް މިރަސްމިއްޔާތުގައި ވައިކަރަދޫގެ ބަނދަރުގެ އިތުރުން ކުނަހަންދޫ ބަނދަރު ހެދުމުގެ އެއްބަސްވުމުގައިވެސް ސޮއި ކުރިއެވެ. އެ ރަށުގެ މަސައްކަތް 23.1 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން ކުނަހަންދޫގައި 400 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެއް ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ގާތްގަނޑަކަށް 25 ރަށުގެ ބަނދަރުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *