މަސްތުވާތަކެއްޗަކީ ވަރަށް ނުރައްކާތެރި އެއްޗެއްކަމަށާއި، އެއީ އިޖްތިމާޢީ ރައްކާތެރިކަމަށްވެސް ހުރި ނުރައްކަލެއްކަމަށާއި، ސުޢޫދީން އެކަމަށް ވަރަށް ސަމާލުވާންވެއްޖެކަމަށް ޕްރިންސަސް އަލް ޢަނޫދު ފިލަނޮތްރޮޕިކަލް ފައުންޑޭޝަން (ޕީއޭޕީއެފް) ގެ ޗެއާރމަން ޕްރިންސް ސަޢުދު ބިން ފަހުދު ވިދާޅުވެއްޖެއެވެ.
ޕްރިންސް ސަޢުދުގެ ވާހަކަފުޅުގައިވަނީ، ޓެރަރިޒަމަށްވުރެން ޑްރަގްސްއަކީ ނުރައްކާތެރި އެއްޗެއްކަމަށް ވިދާޅުވަމުން ތެރަރިޒަމް އާއި ޑްރަގްސް އާ އިދިކޮޅަށް ތެދުވެވަޑައިގަތް ޕްރިންސް ނާއިފްގެ އެ ބަސްފުޅަށްވެސް އިޝާރަތްކުރައްވާފައެވެ.
ޕްރިންސް ސަޢުދު އިތުރަށް ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާއި އާގެ ސަބަބުން ކުރާ ނޭދެވޭ ސަބަބުތައް ހުއްޓުވުމަކީ އެންމެންގެ މަސްއޫލިއްޔަތެކެވެ. އެއީ ގޭގައިވިޔަސް އަދި ސްކޫލެއްގައިވިޔަސްމެއެވެ. އަދި މިކަންތައް ހުއްޓުވުމަށްޓަކައިއެންމެން ގުޅިގެން ކުރެވޭ މި މަސައްކަތުގައި ޢާއިލާތަކުން ވަރަށް ބޮޑު ރޯލެއް ކުޅެންޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސުޢޫދީ ޢަރަބިއްޔާގައި މަސްތުވާތަކެއްޗާއި އިދިކޮޅަށް ޕީއޭޕީއެފް އާއި ޖީޑީޕީ (ޖެނެރަލް ޑައިރެކްޓޮރޭޓް އޮފް ނާކޮޓިކްސް) ގުޅިގެން ޕްރޮގްރާމްތަކެއް ހިންގާނޭކަމަށް އެދެޖަމާޢަތުންވެސް ހާމަކޮށްފައިވެއެވެ. މިގޮތުން ޕީއޭޕީއެފް ގެ ސެކެތްރީ ގެނެރަލް ޔޫސުފް ޢުޘްމާނު އަލްހުޒައިމް ވިދާޅުވާ ގޮތުގައި އިންޓަނޭޝަނަލް އިންސްޓިޓިއުޓު ތަކާއި ގުޅިގެން ޚާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްތަކުގެ ފެށުމެއްކަމަށް ވާނީ " އެޕްލައިޑް ޑިޕްލޮމާ ފޮރ ސްޕެޝަލިސްޓު ޕްތިވެންޝަން އޮފް އެޑިކްޝަން " ނުވަތަ މަސްތުވާތަކެއްޗަށް ދެވިހިފުން ކޮންޓްރޯލުކުރާ ޚާއްޞަ ޑިޕްލޮމާ ކޯހެއް ތަޢާރަފު ކުރުމެވެ.
މަސްތުވާތަކެތި ޕްރޮމޯޓުކުރާ ބައެއް މީހުން މަސްތުވާ ތަކެއްޗަކީ ކިޔަވާ ކުދިންނަށް ކިޔެވުމަށް އެހީތެރިވެދޭ އެއްޗެއްކަމަށް ދަޢުވާ ކުރެއެވެ. އެހެނަސް ޖީޑީއީ ގެ މޭޖަރ ޖެނެރަލް ޢުޘްމާން ބިން ނާސިރު ވިދާޅުވާ ގޮތުގައި މިއީ ޙަޤީޤަތެއްނެތް ހެއްލުންތެރިކުރުވާ ހުސް ވާހަކަތަކެކެވެ. އެހެނީ މަސްތުވާތަކެތީގެ ސަބަބުން އިންސީނާގެ ދުޅަހެޔޮކަމަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
އޭނާ އިތުރަށް ވިދާޅުވާގޮތުން މަސްތުވާތަކެތީގެ ސަބަބުން އިންސާނާގެ ސިކުނޑިއަށް ކުރާ ނޭދެވޭ އަސަރުތައް އަދި މާ ބޮދުވެފައި ނުރައްކާތެރިއެވެ. ސުޢޫދީގެ ޞިއްޙަތާއި ބެހޭ ވުޒާރާއިންނާއި ލެބޯޓްރީތަކުގެ ތެރޭގައި ކުރެވުނު ތަޙުލީލު ތަކުން ދައްކާ ގޮތުގައި މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެޕްޓަގަން ޓެބްލެޓް ވިހަ އެކުލެވިގެންވެއެވެ. އަދި އެއާ އެއްކުރެވިފައިވާ މާއްދާއެއްގެ ސަބަބުން ސިކުނޑީގެ ސެލްތައް މަރާލާ، ނާރވްސް ސިސްތަމަށް ގެއްލުންދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...