ރާއްޖޭގެ ޚަބަރު

ސިހުރުހަދާ ކަމުގެ ތުހުމަތުގައި މުދިމަކު ހައްޔަރުކޮށްފި

”މަސްޖިދުލް އަބޫބަކުރު ސިއްދީޤު ރަޟިޔަﷲ އަންޙް“ | ފޮޓޯ : އިހަވަންދޫ.ކޮމް
”މަސްޖިދުލް އަބޫބަކުރު ސިއްދީޤު ރަޟިޔަﷲ އަންޙް“ | ފޮޓޯ : އިހަވަންދޫ.ކޮމް

”މަސްޖިދުލް އަބޫބަކުރު ސިއްދީޤު ރަޟިޔަﷲ އަންޙް“ | ފޮޓޯ : އިހަވަންދޫ.ކޮމް

ހއ. އިހަވަންދޫއިން ސިހުރުހަދާ ކަމުގެ ތުހުމަތުގައި މުދިމަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ  ސިހުރުހަދާ ކަމުގެ ތުހުމަތުގައި ކޯޓް އަމަރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު އިހަވަންދޫއިން 46 އަހަރުގެ ފިރިހެނަކު ސިހުރު ހެދުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތަކާ އެއްކޮށް  ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ވަނަވަރެއް ފުލުހުން ހާމަައެއް ނުކުރެ އެވެ.

“ދިއިސްލާމް” އަށް އެނގިފައިވާ ގޮތުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި މިދިތަ ބުރާސްފަތި ދުވަހު އެ ރަށަށުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީ ކޮޅު އެ ރަށަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފުވައްމުލަކު މީހެއް ކަމަށެވެ. އަދި އެ މީހާއަކީ ދާދި ފަހުން ހުޅުވި މަސްޖިދުލްއަބޫބަކު ސިއްދީގު ރަޟިއްޔަﷲ ޢަންހުގައި ވަގުތީ ގޮތުން މުދިންކަމާ ޙަވާލުވެ ހުރި މީހާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ސިޙުރުގެ ކަންތައްތައް ރާއްޖޭގެ ބައެއް ރަށްރަށުގައި މިހާރުވެސް އާންމު އިޖްތިމާޢީ ބޮޑު ބައްޔަކަށް ވެފައިވާ ވާއިރު ސިހުރުހަދާކަމުގެ ތުހުމަތުގައި ސިހުރުހަދާ ތަކެއްޗާއެކު މިިދިޔަ އަހަރު ޖެނުއަރީ 30 ވަނަ ދުވަހު މެންދަމު ވަގުތުގައި ފުލުހުން ވަނީ މާލެއިން މީހަކު ހައްޔަރުކޮށްފައެވެ. އަދި ހަމަ އެ މަހު 15 ގައި ސިހުރު ހެދުމުގެ މަސައްކަތް ކުރާތަނެއްކަމަށް ބެލެވޭ ހޮހޮޅައެއް ކަނޑިތީމު ދަނޑުމަތިން ވެސް ވަނީ ފެނިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *