ސިޔާސީ ޕާޓީތަކުގެ ބިލު ފާސް ކުރުމަކީ މަޖިލީހުން ކުރި ޣައިރު ޒިންމާދާރު ގާނޫނޫ އަސާސީއާއި ހިލާފު އަމަލެއް ކަމަށް ގައުމީ ޕާޓީގެ ރައީސް އަދި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ހާއްސަ މުޝީރު ޑރ ހަސަން ސައީދު ވިދާޅުވެއްޖެއެވެ.
ހަސަން ސައީދު މިހެން ވިދާޅުވީ ސީއެންއެމަށް ދިން ބަސްދީގަތުމެއްގައެވެ.
ހަސަން ސައިދު އިތުރަށް ވިދާޅުވީ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮސްފައިވާ ބިލަކީ ސީދާ ގާނޫނު އަސާސީއާއި ހިލާފު ބިލެއް ކަމަށާއި މަޖިލީހުން ބިލު ފާސްކޮށްފައިވަނީ އެކަން ރަނގަޅަށް އެނގި ތިބެ ކަމަށާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް އިސްލާހު ނުގެނެސް ސިޔާސީ ޕާޓީތަކުގެ ބިލަށް އަމަލު ކުރަން ފަށައިފިނަމަ ސްޕްރީމު ކޯޓަށް މައްސަލަ ވައްދާނެކަމަށެވެ.
މީގެ އިތުރުން ހަސަން ސައީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އަދަދު މަދު ކުރުމަކީ މަޖިލީހުން ކުރަން ޖެހޭ މަސައްކަތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާ ނަމަވެސް ދައުލަތުން ޕާޓީތަކަށް ދޭ ފައިސާ ޒިންމާދާރު ގޮތެއްގައި ދެވޭތޯ ބެލުމަށް މަޖިލީހުން މަސައްކަތް ކުރައްވާ ނަމަ އެކަމަށް ތާއިދު ކުރައްވާނެ ކަމަށާ މަޖިލީހުން އެގޮތަށް ބިލު ފާސް ކުރި ސަބަބު ސާފު ކަމަށާއި އެކަމަކީ މިހާރުގެ ހާލަތަށް ބަލައިރު ތިން ޕާޓީ އެއްވުމުން ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ މަގުސަދަކީ ކުރިއަށް އޮތް އިންތިހާބީ އަހަރަކަށް ވުމާ އެކު ދައުލަތުން އެހެން ޕާޓީތަކަށްދޭ އިނާޔަތްތައް އެޕާޓީތަކަށް ނުލިބޭނެ ގޮތް ހެދުން ކަމަށް ޑރ.ހަސަން ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...