މެންބަރުންގެ އަދަދު ދިހަ ހާސް ކަމަށް ކަނޑައެޅުމުގައި ވަނީ އިގްތިސާދީ ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް މަޖިލީހުގެ އިމްތިޔާޒުގެ ބިލް ފާސްވެގެން ދިޔަ ގޮތަށް ބަލާއިރު އެހެން ބުނެވެން ނެތް ކަމަށް އަދާލަތު ޕާޓީގެ އިސް ތަރުޖަމާން އަދި އިސްލާމިކް މިނިސްޓަރު ޝައިހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ހަރަދުކުރަންޖެހޭތީ ދައުލަތުގެ ހަރަދު ބޮޑުވާ ކަމަށްވާ ނަމަ މަޖިލީހުގެ މެންބަރުންގެ އިނާޔަތްތަކާއި އުމުރު ދުވަހަށް އާއިލާތަކަށް ބޭރު ގައުމުތަކުން ބޭސްފަރުވާގެ އިންތިޒާމު ހަމަޖައްސަން ޖެހުމަކީ ވެސް ހަރަދެއް ކަމަށެވެ.
މީގެ އިތުރުން ކުދި ޕާޓީތަކަށް ދައުލަތުން ހޭދަކުރަންޖެހުމަކީ ބޮޑުކަމަކަށް ވާއިރު ކުދި އާބާދީތައް ހިމެނޭ ރަށްތަކަށް ކޮންމެ މީހަކަށް 12،000ރ. ދީފައި ފަސް ކައުންސިލަރުން ތިބުމަކީ ވެސް ބޮޑު ހޭދައެއް ކަމަށާއި ކުދި ޕާޓީތައް އުވޭ ގޮތަށް ބިލް ފާސްކުރުމުގައި އޮތީ އިގްތިސާދީ ސަބަބެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...