ދިހަ ހާސް މީހުން ހަމަނުވާ ނަމަ އެ ޕާޓީއެއް އުވޭ ގޮތަށް ސިޔާސީ ޕާޓީގެ ބިލް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކޮށްފައި ވާއިރު އިލްކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކަށް ބާލާއިތު އެ އަދަދަށް މީހުން ހަމަވަނީ ހަތަރު ޕާޓީއެއްގައެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް އާއި ޑީއާރުޕީ އަދި ޖުމްހޫރީ ޕާޓީއެވެ.
އެމްޑީޕީގައި 46349 މީހުން ތިބި އިރު ޕީޕީއެމްގެ މެމްބަރުންގެ އަދަދު މިހާރު ވަނީ ކުޑަ ތަފާތަކުން ޑީއާރުޕީ އަށް ވުރެ އިތުރުވެފަ އެވެ. ޑީއާރުޕީގައި 22575 މެމްބަރުން ތިބި އިރު ޕީޕީއެމްގެ މެންބަރުންގެ އަދަދަކީ 22802 އެވެ. ދިހަ ހާސް މީހުން ހަމަވެފައިވާ އިތުރު ޕާޓީއެއް ކަމަށްވާ ޖުމްހޫރީ ޕާޓީގައި ތިބީ 11154 މީހުންނެވެ.
ސިޔާސީ ޕާޓީގެ ބިލް ތަސްދީގުކުރާއިރު 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ވެސް ތިން މަސް ތެރޭގައި އެ އަދަދަށް މެމްބަރުން ހަމަނުކުރެވިއްޖެ ނަމަ އުވޭނެ ކަމަށް ބިލްގައި ބަޔާންކޮށްފައިވާއިރު 20،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ އިދާރީ އޮފީހާއި އެ ޕާޓީގެ ހަރަކާތްތައް ހިންގުމަށް މާލެއިން 1000 އަކަ ފޫޓުގެ ބިމެއް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިދޭން ޖެހޭނެކަމަށާއި އެއީ ކުލި ދައްކަން ޖެހޭ އަދި 20،000 މެމްބަރުންނަށް މަދުވެއްޖެ ނަމަ، އެ ޕާޓީއެއްގެ ކިބައިން ވަކިކުރެވޭނެ ބިމެއް ކަމަށް ބިލްގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...