ރާއްޖޭގެ ޚަބަރު

ފޭރުމުގައި ބައިވެރިވި ކަމަށްބުނާ ފުލުހެއް ހޯދުމަށް އިއުލާން ކޮށްފި

ފޮޓޯ : ޕޮލިސް
ފޮޓޯ : ޕޮލިސް

ފޮޓޯ : ޕޮލިސް

ފުލުހުންގެ ވަޒީފާގައި ހުރެ ފޭރުނު ކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ފުލުހަކު ވާޒީފާއަށް ފިލައިގެން އުޅޭތީ އޭނާ ހޯދަން ފުލުސް އޮފީހުން މިއަދު އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ ޕޮލިސް ލާންސް ކޯޕްރަލް ތ. ތިމަރަފުށި އަސްނީމް، އަލީ ޚަލީފާ ފުލުހުންގެ މަސައްކަތަށް ހާޒިރުނުވެ ފިލައިގެން އުޅޭތީ އޭނާ އުޅޭތަނެއް އެނގޭ ފަރާތެއް ވާނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް އެންގުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި އޭނާ މާލޭގައި އުޅޭނަމަ 24 ގަޑިއިރުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އޭނާއަށް އަންގާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެއެވެ.

އަލީ ޚަލީފާއަކީ ފުލުހުންގެ ވަޒީފާގައި ހުރެ އިތުރު ފުލުހުންތަކަކާއި ސިފައިންގެ މީހަކާއި އާންމުންގެ މީހަކާ ބިދޭސީންތަކަކާ އެއްކޮށް މާލޭގެ ގެސްޓް ހައުސްއަކަށް ވަދެ އެތާގައި ތިބި ބިދޭސީންތަކެއްގެ އަތުން ޑޮލަރުތަކާކާއި ގިނައަދަދެއްގެ މޯބައިލް ފޯން ތަކެއް ފޭރުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ މީހެކެވެ.

ފުލުހުންގެ ވަޒީފާގައި ހުރެ މަސައްކަތައް ފިލައިގެން އުޅުމަކީ ފުލުހުންގެ ޤާނޫނާ ޚިލާފް ކަމެއް ކަމަށްވެސް ފުލުހުންގެ މިބަޔާނުގައި ވެއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ކުއްކުރުން ހުއްޓުވުމުގެ ނަމުގައި މިފަދަ އަމަލުތަށް ކުރަން މެދުވެރިވަނީ ނުރަގަޅު ތަރުބިއްޔަތާ ނުބައިފިކުރުތަށް ކުރުވާބައެއްގެ ބާރުގައި ، ވަރައްދެރަ އިތުރު ކުއްވެރިން ތަކެއް މުޖްތަމައަށް އިތުރުވީ އަނެއްކާ…..

  2. ދިވެހިރާއްޖޭގައި ހުދޫދު ތަންފީޒު ނުކޮށެއް ޤައުމު ކުރިޔަކަށް ނުދާނެ އަދި ޑިމޮކުރަސީ ފައްކާއެއްވެސް ނުވާނެ، ދީނުންބޭރުވެ ޖަރިމާތަށް ހިންގާ ދައުލަތާއި އިދިކޮޅު އަމަލު ހިންގާ މީހުންގެ މައްސަލަ ބަލާ ކޯޓެއްވެސް މިރާއްޖޭގައި ހުންނަންޖެހޭ، ހަމައެކަނި ޑުރަގު އެޖެންސީއާއި ޑުރަގު ކޯޓް އުފައިދައިގެން ރަސްމީކޮށް ޑުރަގު ފަތުރާނީއެއްނޫން! ހަޤީގީ ކަންކަން ކުަރަން ޖެހެނީ އިސްލާމީ މުޖުތަމައުތަކުގައި ކޮންމެހެން ހުންނަން ނުޖެހޭ ކަންކަން މިއަދު ތަހުޒީބްގެ ނަމުގައި މުޖުތަމައުން ފެންނަކަމީ ހިތާމަ ކުރާކަމެއް، އެމެރިކާ މުޖުތަމައުގައި ހުންނަ ހުރިހާ ކޯޓަކާއި މަސާޖު ޕާލާތަކާއި ހުރިހާކަމެއް އިސްލާމީ މުޖުތަމައުގައި ހުންނާކަށެއް ނުޖެހޭ! ޢިސްލާމީ މުޖުތަމައުގައި ހުންނަންޖެހޭ ކަންކަން އިސްލާާމީ މުޖުތަމައު އިންފެންނަންޖެހޭނީ،

Your email address will not be published. Required fields are marked *