ރާއްޖޭގެ ޚަބަރު އެއްބަނޑު އެއްބަފާ ދައްތައަށް މަރުގެ އިންޒާރުދިން މީހަކު ޖަލަށް ލުމަށް ހުކުމްކޮށްފި

އެއްބަނޑު އެއްބަފާ ދައްތައަށް މަރުގެ އިންޒާރުދިން މީހަކު ޖަލަށް ލުމަށް ހުކުމްކޮށްފި

އެއްބަނޑު އެއްބަފާ ދައްތައަށް މަރުގެ އިންޒާރުދިން މީހަކު ޖަލަށް ލުމަށް ހުކުމްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

އެއްބަނޑު އެއްބަފާ ދައްތަ މަރާލާނެކަމަށް ބުނެ މަރުގެ އިންޒާރުދިން މީހަކު 06 މަސްދުވަހަށް ޖަލަށް ލުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.

މިމަހު 26 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވަނީ ސ.ހިތަދޫ، ހުދުމާވަހަރުގެއާގެ އިބްރާހީމް ޙުސައިން (22އ) ގެ މައްޗަށްށެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ 05 ވަނަ ދުވަހުގެ ވަގުތެއްގައި އިބްރާހީމް ޙުސައިންގެ އެއްބަނޑު އެއްބަފާ ދައްތަ މަރާލާނެކަމަށް ބުނެ މަރުގެ އިންޒާރު ދިން މައްސަލައާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމްގައި ބަޔާންކޮށްފައިވަނީ އިބްރާހީމް ޙުސައިން އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ އަށް މަރުގެ އިންޒާރުދިންކަމަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި އެކުށުގެ އުޤޫބާތެއްގެ ގޮތުން 06 މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކުރާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.