ދަރުސް ޚަބަރު ޖަމްޢިއްޔަތުއްސަލަފުން އުތުރުގެ ބައެއް ރަށްތަކުގައި ދަރުސްދެނީ

ޖަމްޢިއްޔަތުއްސަލަފުން އުތުރުގެ ބައެއް ރަށްތަކުގައި ދަރުސްދެނީ

ޖަމްޢިއްޔަތުއްސަލަފުން އުތުރުގެ ބައެއް ރަށްތަކުގައި ދަރުސްދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމް ކޮށްގެން ބޭއްވި ދަރުސްއެއްގެ ތެރެއިން | ފޮޓޯ: ދިއިސްލާމް

ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމް ކޮށްގެން ބޭއްވި ދަރުސްއެއްގެ ތެރެއިން | ދިއިސްލާމް ފައިލް ފޮޓޯ

ރައްޔިތުންގެ މެދުގައި ދިނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޖަމްޢިއްޔަތުއްސަލަފުން ރާއްޖެތެރޭގެ ރަށްތަކަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ހއ. އަދި ހދ. ގެ ބައެއް ރަށްތަކަށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުގައި ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމްއެވެ.

ދިއިސްލާމަށް މައުލޫމާތު ދެމުން ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވީ އެޖަމިއްޔާގެ ފަރާތުން ދަރުސް ދިނުމަށް ދިޔަ ޓީމް މިހާރު ތިބީ ހަނިމާދޫގައި ކަމަށާއި ހަނިމާދޫގާއި ދަރުސް ދިނުމަށްފަހު ދެން ދާނީ ނާވައިދޫ އަށް ކަމަށެވެ.

ހަނިމާދޫ އިން އިސްނަގައިގެން އިންތިޒާމުކޮށްފައިވާ ތިން ދުވަހުގެ މި ދަތުރުގައި ޖަމްޢިއްޔަތުއްސަލަފްގެ ޓީމް 3 ރަށަކަށް ދަތުރު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހއ. އަދި ހދ. ގެ ބައެއް ރަށްތަކަށް ދަރުސް ދިނުމަށް ދިޔަ މި ޓީމް އެނބުރި މާލެ އަންނަ ގޮތަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.