ވިހާފައި އެއްލާލާފައި އޮތް ތުއްތު އަންހެން ކުއްޖަކު މާލޭގެ މަގެއްގެ މަތީގައި ބާއްވާފައި އޮއްވައި ފެނިއްޖެއެވެ.
މި ތުއްތު ކުއްޖާ ފެނިފައިވަނީ މިއަދު ފަތިހު 05:45 ހާއިރު ހަނި ގޯޅިގަނޑެއްގައި ހުންނަ މ. ރިލީޒްގެ ކުރިމަތީ ދުވާރުމަތީގައި ބާއްވާފައި އޮއްވައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އާންމު ފަރާތަކުން ފުލުހުންނަށް ދިން މަޢުލޫމާތަކާއި ގުޅިގެން އެ ސަރަޙައްދަށް ގޮސް އެ ކުއްޖާ ނަގައިގެންް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އަދި އައި.ޖީ.އެމް ހޮސްޕިޓަލުން އެ ކުއްޖާ ބެއްލެވި ޑޮކްޓަރާ ހަވާލާދީ އެކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...