ރާއްޖޭގެ ޚަބަރު ކުނި ކޮށި ހުސްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ކުނި ކޮށި ހުސްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ކުނި ކޮށި ހުސްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ކުނިކޮށި ފުރި ބޮޑުތަކުރުފާނު މަގުގައި ކުނި ޖަމާކޮށްފައި | ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް

ކުނިކޮށި ފުރި ބޮޑުތަކުރުފާނު މަގުގައި ކުނި ޖަމާކޮށްފައި | ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް

މާލޭ ދެ ނަންބަރު ކުނި ކޮށީގައި ހުރި ކުނިތައް ހުސްކުރުމުގެ މަސައްކަތް ހަތްލައްކަ ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްބޭއްވި ރަސްމިޔާތުގައި އެންވަޔަރުމަންޓް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން މުހައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސިއީއޯގެ މަގާމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެނެވި އާބިދާ ރަޝީދެވެ.

މިކަމާ ގުޅިގެން އެންވަޔަރުމަންޓް މިނިސްޓްރީއިން ބުނެފައިވަނީ އެމްޓީސީސީއާ ކުނި ހުސްކުރުމުގެ މަސައްކަތް ހަވާލުކުރަން ނިންމީ މިހާރު ދިމާވެފައިވާ ކުނީގެ މައްސަލައަށް ވަގުތުން ވަގުތަށް ހައްލެއް ގެނައުމަށް ކަމަށާ މާލޭ ކުނި ކޮށީގެ މައްސަލައަށް ހައްލެއް ނައިސް ދުވަސްތަކެއް ވެގެންދިޔައީ ކުނި ނައްތާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ ޓަޓްވާ ގްލޯބަލް އާކު ވެފައިވާ އެއްބަސްވުގައި މައްސަލަތަކެއް އުޅޭތީ އެ މައްސަލަ ހައްލުކުރުމަށް މަޝްވަރާތައް ކުރަން ޖެހުމުން ކަމަށެވެ.

މީގެ އިތުރުން އެންވަރުމަންޓް ޕޮޓެކްޝަން އެޖެންސީއިން ކަނޑައަޅާ ގޮތެއްގެ މަތީން ކުނިކޮށި ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލާއި އެންވަޔަރުމަންޓް މިނިސްޓްރީއާ ދެމެދެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

 ދެ ނަމްބަރު ކުނިކޮއްޓަށް ޖަމާވާ ކުނީގެ ތެރެއިން މިހާރު ދުވާލަކު ހުސްކުރެވެނީ ދެބައިކުޅަ އެއްބައި ކަމަށް ވާއިރު މާލޭގައި ކުނިކޮށިތަކަށް އަޅާ ކުނިތައް ނައްތާލުމުގައި ބޭނުންކުރާ އުޅަނދުތައް ހަލާކުވެގެން ކުނިކޮށި ފުރިގެން ދާދި ފަހުން ވަނީ ބަންދުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.