ރާއްޖޭގެ ޚަބަރު ފިގުހު އެކަޑަމީ އެކުލަވާލައިފި

ފިގުހު އެކަޑަމީ އެކުލަވާލައިފި

ފިގުހު އެކަޑަމީ އެކުލަވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
ދީނީ ޢިލްމުވެރިންގެ މަހާސިންތާގެ ތެރެއިން – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

ދީނީ ޢިލްމުވެރިންގެ މަހާސިންތާގެ ތެރެއިން – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

ދިވެހިރާއްޖޭގެ އިސްލާމީ ފިގުހު އެކަޑެމީ ރައިސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެކުލަވާލައި އެ އެކަޑެމީގެ ޝަރީއާ ކައުންސިލަށާއި އިސްލާމީ ފިޤުހު އެކަޑެމީގެ އެޑްވައިޒަރީ ކައުންސިލް އަށް މެންބަރުން އައްޔަނު ކޮށްފިއެވެ.

މި ފިޤުހު އެކަޑެމީގެ ޝަރީއާ ކައުންސިލަށް ރައީސް ވަހީދު އައްޔަނު ކޮށްފައިވާ 22 ބޭފުޅުންނަކީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޝައިހް މުހައްމަދު ރަޝީދު އިބްރާހީމާއި ޑރ. މުހައްމަދު ގުބާދު އަބޫބަކުރާއި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި އަބްދުﷲ ސައީދާއި އިބްރާހިމް ރަޝީދު މޫސާ އާއި ޑރ. މުހައްމަދު އިޔާޟާއި އިލްޔާސް ހުސެއިނާއި އާދަމް ޝަމީމާއި އާދަމް ނަސީމާއި އަނާރާ ނައީމާއި ޑރ. އައިޝަތު މުނީޒާއި މަރިޔަމް ޝަބާނާ އެވެ. މީގެ އިތުރުން ސ. ހިތަދޫ، ކޯޒީ ރައުންޑް، ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ބ. އޭދަފުށި، ހަލަވެލި، ޑރ. އަހުމަދު ޒިޔާދާއި ދ. މީދޫ ފެހިގެ، ޝައިހް މުހައްމަދު ލަތީފާއި ހަސަން ސައީދާއި ޅ. ނައިފަރު، ސިނަމާގެ، ޝައިހް މުހައްމަދު މޫސާ އާއި މޫސާ އަންވަރު ހަސަން އާއި ށ. މަރޮށި، ނޫރާނީގެ، އަހުމަދު ސަލީމާއި މ. ހެނބަދޫގެ، މުހައްމަދު ނަޝީދު އާދަމާއި ޅ. ނައިފަރު، ވިންޓަގްރީން، ޝައިހް މުހައްމަދު އިސްހާގު މުހައްމަދުފުޅުއެވެ.

މީގެ އިތުރުން އިސްލާމީ ފިޤުހު އެކަޑެމީގެ އެޑްވައިޒަރީ ކައުންސިލަށް ހަމަޖެއްސެވި ހަ ބޭފުޅުންނަކީ ޑރ. މުހަންމަދު ލަޠީފް އާއި ސ. ފޭދޫ އިނގުރުމާގެ މުޙަންމަދުދީދީ އާއި ހ. ސީސައިޑް ޑރ. އައިޝަތު އަލީ ނާޒްގެ އިތުރުން ސ. މީދޫ ހަސަންކާރިގެ، ޑރ. އަހުމަދު އަންވަރާއި ހ. ބުރެވިމާގެ އަބުދުލްހަމީދު އަހުމަދު އާއި މ. ލިންކް ހައުސް ޑރ. އަހުމަދު ޝަރީފްއެވެ.

ފިޤުހު އެކަޑެމީގެ ޝަރީއާ ކައުންސިލުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން އެ އެކަޑެމީގެ އެޑްވައިޒަރީ ކައުންސިލުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ހަމަޖެހިފައިވަނީ ކައުންސިލުގެ މެންބަރުންގެ ތެރެއިން އައްޔަނުކުރާ ގޮތަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.