ރާއްޖޭގެ ޚަބަރު ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގަތް ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގަތް ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގަތް ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

Dhiislam_Police_0909

މި މަހު 18 ވަނަ ދުވަހުގެ 14:10 ހާއިރު ސައުތު ސެންޓްރަކް ޔުޓިލިޓީސް ކުންފުނިން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ލ. ގަމުގައި ހުންނަށް ބޭންކް އޮފް މޯލްޑިވްސްއަށް ޖަމާކުރުމަށްޓަކައި ދިޔަ މަގުމަތީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު އެފައިސާތައް ހުރި ދަބަސް ފޭރުނު މައްސަލައާއި ގުޅިގެން 8 މީހަކާއި 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލިމުގެ ދަށާށް ގެންގޮސްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 25 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ ދެ މީހަކާއި 27 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 16 އަހަރުގެ ކުއްޖެކެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މީހުންގެ ތެރެއިން އުމުރުން 25 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ ދެ މީހަކާއި 27 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 19 އަހަރުގެ މީހާގެ އިތުރުން 16 އަހަރު ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި މަހުގެ މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ލ. ގަމު ތުނޑީ އަވަށުން ކަމަށާއި އުމުރުން 18 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި ލ. ގަމު ތުނޑީ އަވަށުންކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.