ދަރުސް ޚަބަރު ޝެއިޚް ޖައުފަރު ފާއިޒްގެ ކްލާހެއް މިމަހު 30 ވަނަ ދުވަހުގެރޭ

ޝެއިޚް ޖައުފަރު ފާއިޒްގެ ކްލާހެއް މިމަހު 30 ވަނަ ދުވަހުގެރޭ

ޝެއިޚް ޖައުފަރު ފާއިޒްގެ ކްލާހެއް މިމަހު 30 ވަނަ ދުވަހުގެރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

dhi_sheikh_jaufar_09090

ޤުރުއާނާއި ޙަދީޘްގެ ސިލްސިލާ ދަރުސްތަކެއް ގޮތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އައްޝައިޚް ޖައުފަރު ފާއިޒްގެ ކްލާހެއް މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިކުލާސް ބޭއްވުމަށް ހަމަޖެހިފައިވަނީ  ކުރިއެކޭވެސް އެއްގޮތަށް އިޝާ ނަމާދަށްފަހު ޝަހީދު ޢަލީ މިސްކިތުގައެވެ. އަދި ކްލާސްތައް ހަމަޖެހިފައިވަނީ ފިރިހެން ބޭފުޅުންނާއި އަންހެން ބޭކަނބަލުންނަށްވެސް ބައިވެރިވެވޭ ގޮތަށް ކަމަށް ކުލާސްތައް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަމަށްވާ އަލީ ޝިފާހު މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން އަންނަ ޖެނުއަރީ މަހުގައި ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަތައް ކަމަށްވާ 06، 13، 20، އަދި 27 ވަނަ ދުވަހުގެރޭގައި ވެސް ކުލާސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޝިފާއު ބުންޏެވެ.

މި ކްލާސްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެކަން އިންތިޒާމްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވެލައްވާ ޢަލީ ޝިފާހް (7755290) އަށް ގުޅުއްވުމަށް އެފަރާތުން އެދިލައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.