މިއަދު، 21 ޑިސެމްބަރ 2012 އަކީ ދުނިޔަ ނިމޭ ދުވަސްކަމުގައި ބުނެ އެޤައުމުގައި އެކަމުގެ ބިރުވެރި ވާހަކަތަށް ފަތުރަމުންގެންދާ ގިނަ ބަޔަކު ޗައިނާގެ ސަރުކާރުން ހައްޔަރުކޮށްފައިވާކަމަށް ޗައިނާގެ މީޑިއާތަކުން ބުނެފިއެވެ.
ޗައިނާގެ ސަރުކާރުން ހާމަކުރާ ގޮތުގައި މިހާތަނަށް އެގައުމުގެ އާއްމުންގެ ތެރެއިން 1000 މީހުން ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެވިފައުވާ ކަމަށާއި މި އެންމެންވެސް ހައްޔަރު ކުރެވިފައިވަނީ މީހުންގެ މެދުގައި އެދުވަހާއި ބެހޭގޮތުން ދޮގު ވާކަހަތަށް ފަތުރާ އާއްމުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދަމުންދާތީ ކަމުގައެވެ.
ޗައިނާގެ ސަރުކާރުން މި ފިޔަވަޅު އަޅަމުން ގެންދިޔަކަމުގައި ވީނަމަވެސް އަދިވެސް އެގައުމުގައި މި ހިޔާލް ގަބޫލުކުރާ އެތަކެއް ބައެއް ދަނީ މިކަންތައް މީހުންނަށް ފަތުރާ އެދުވަހުން ސަލާމަތްވާނެ ގޮތްތަކަށް ތައްޔާރު ވަމުންނެވެ. މިގޮތުން އެގައުމުގެ ދަޑުވެރިއެއްކަމަށްވާ ލިއު ކިއުއުވަން ވަނީ މީހުން ސަލާމަތުން ތިބުމަށް 7 ބޯޅަ އެއްގެ ސިފައިގައިވާ އެއްޗެއް އުފައްދާފައެވެ. މިއިން ކޮންމެ އެއްޗެއްގައި 14 މީހުންނަށް ސަލާމަތްވެވޭނެ ކަމަށް އޭނާ ބުނެއެވެ. އަދި އެ ބޯޅަތައް ކަނޑުވިޔަސް ހަލާކު ނުވާ ފެންވަރަށް ތައްޔާރުކުރެވިފައިވާ ކަމަށް އޭނާ ބުނެއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަދިވެސް ދަނީ މި ބާތިލް އަޤިދާއަށް އަށް މީހުން ބޯލަބައި ހަރަކާތްތެރިވަމުންނެވެ.

















ޚިޔާލު