އޭޝިއާދުނިޔެ

އަންހެނެއްގެ އިތްފަތް ފޭރިގައިން މައްސަލައެއްގައި އިންޑިޔާގެ ރައްޔިތުން މަގުތަކަށް

phpslEm8q

ބަހެއްގައި އަންހެނެއްގެ އިއްފަތް ފޭރިގައިން މައްސަލައެއްގައި އެކަން ކުރި މީހުންނަށް އެއްވެސް ރަހުމެއް ނުބެހެއްޓުމަށް ގޮވާލާ އިންޑިޔާގެ ކިޔަވާކުދިންނާއި، ސިޔާސީ ލީޑަރުންނާއި، އެކްޓިވިސްޓުން މަގުތަކަށް ނުކުމެ މުޒާހަރާކޮށްފިއެވެ.

އިންޑިޔާގައި ހިނގާދިޔަ މި ހާދިސާގައި ހައްޔަރު ކުރެވުނު 4 މީހުންގެެ ތެރެއިން 3 މީހަކުވަނީ އިންޑިޔާގެ ކޯޓެއްގައި ބުދަ ދުވަހު ކުށަށް އިޢުތިރާފުވެފައެވެ. ދެއްލީގެ ފުލުހުންގެ ޗީފް ނީރާޖް ކުމާރު ވިދާޅުވެފައިވަނީ 4 މީހުން ހައްޔަރުކުރެވިފައިވާކަމަށާއި އަނެއް ދެމީހުން ހޯދުމުގެ މަސައްކަތްކުރިއަށްދާކަމަށެވެ.

ފުލުހުން ހާމަކުރާގޮތުގައި 6 މީހުންވެގެން ގަދަކަމުން 23 އަހަރުގެ މެޑިކަލް ދަރިވަރެއްގެ އިއްފަތްް ފޭރިގަނެ އޭނގެާގައިގައާއި އޭނާއާއިއެކު ހުރި މީހާ ބަހުން ބޭރަށް އެއްލާލުމުގެ ކުރިން ދަގަނޑު ބުރިތަކަކުން ތަޅައިފައިވެއެވެ. އަދި މިހާދިސާގައި އަންހެން މީހާގެ އެތެރެހައްޓަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް ޑޮކްޓަރުން ހާމަކުރެއެވެ.

ގަދަކަމުން އިއްފަތް ފޭރިގައިންކަމުގެ ކުށް ސާބިތުވެފައިވާ މީހުންނަށް މަރުގެ ޙުކުމް އިއްވުމަށް ބުދަ ދުވަހު ދެއްލީގެ ފުލުހުންގެ ކޮމިޝަނަރ ގޮވާލައިފައިވާއެވެ.

ގަދަކަމުން އިއްފަތް ފޭރިގަތުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި އިންޑިޔާގައި މިހާރު ކަނޑައަޅައިފައިވާ އެންމެ ހަރުކަށި އަދަބަކީ 10 އަހަރު ދުވަހަށް ޖަލަށްލުމެވެ. އަދި މަރުގެ ޙުކުމް ކުރެވެނީ މީހުން މެރުމުގެ ކުށްކުށުގައާއި ދަޢުލަތާއި ދެކޮޅަށް ހަނގުރާމަކުރުމުގެ ކުށްކުށުގެ ތެރެއިންވެސް ވަރަށް މަދު ފަހަރެއްގައިކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ކޮބާ 100 ޕަސަންޓު މިގައުމުގެ ރައްޔިތުން ނިދިންހޭލާ އިސްލާހުގެ މަގުގައި އަތް ގުޅާލާކަށް ނުވޭތޯ؟

Your email address will not be published. Required fields are marked *

More in އޭޝިއާ