ރާއްޖޭގެ ޚަބަރު ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ބިލް ތަޞްދީޤު ކޮށްފި

ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ބިލް ތަޞްދީޤު ކޮށްފި

ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ބިލް ތަޞްދީޤު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

dhi_0909099

ރައްޔިތުންގެ މަޖިލީހުމް ފާސްކުރި "ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ބިލް"، ރައިސް ޑރ މުޙަންމަދު ވަޙީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ މައިގަނޑު އުޞޫލުތައް ބަޔާންކުރުމާއި، ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޒިންމާ އުފުލާނެ ފަރާތްތައް ކަނޑައެޅުމާއި، އެފަރާތްތައް ތަރުތީބުވެގެންވާ އޮނިގަނޑު އެކުލަވައިލުމާއި، އެފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް އެކަށައެޅުން ހިމެނެއެވެ.

އަދި ހަމަ މިއާއެކު ގައިންގަޔަށް އަރާ ބަލިތަކާއި، ނުރައްކާތެރި ބަލިތަކާއި، ރިޕޯޓް ކުރަންޖެހޭ ބަލިތައް ކަނޑައެޅުމާއި، އެފަދަ އިތުރު ބަލިތައް ކަނޑައަޅާނެ އުޞޫލު ބަޔާންކޮށްދިނުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ކަނޑައަޅައި، އެ ބަލިތަކަށް މުޖްތަމަޢު ހޭލުންތެރިކުރުވައި، އެފަދަ ބަލިތަކުން މުޖްތަމަޢު ރައްކާތެރި ކުރުމުގެ އުޞޫލުތައް ކަނޑައެޅުން ހިމެނެއެވެ.

ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖެނަމަ، ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް ކަނޑައެޅުމާއި، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ގޮތުން، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުން އުފުލަންޖެހޭ ޒިންމާގެ ދައުރު އެކަށައެޅުމާއި، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގައި، ދިވެހި ރައްޔިތަކީ ޒިންމާދާރު، މަސްއޫލުވެރި ރައްޔިތަކަށް ހެދުންވެސް މި ޤާނޫނުގައި ހިމެނެއެވެ.

މިއަދު ތަޞްދީޤު ކުރެވުނު ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ފާއިތުވި ނޮވެމްބަރު މަހުގެ 28ވަނަ ދުވަހު އޮތް މިއަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.