މިއީ، އެހެން ދޭތެރެ ދޭތެރެއިން “އެއީ ވައްހާބީއެކޭ! ހުރިހާ މުސްލިމުންގެ ފާޑަކީ އެއީއޭ… މިއަދުން މިއަދަށް މާތްކަލާނގެ — މާތް ހިޔަލުގެ ދަށަށް ވަންނަމާހޭ!” ހޯއްގޮވަމުން ދުވާ މިޝަނަރީ މީހުންނަށް ހުރި މެސެޖުތަކެއް ކަމަށް ބައްލަވާށެވެ. މި ލިޔުންކޮޅުގެ މަޤްޞަދަކީ އެއްވެސް ޙާލެއްގައި ބަޔަކު އިސްލާމްދީނުގެ ނަމުގައި ހިންގާ ޖަރިމާތަކަށް ހިތްވަރު ދިނުމެއްނޫނެވެ. މިލިޔުންކޮޅުގެ ބޭނުމަކީ ހެޔޮވަރުވަރެއްގެ ތުނބުޅިއެއް ލާފައި، ކިރިޔާ ތަނބިކައްޓަށް ފޯރާ ނުފޯރާ ފަށުގައި ފައިކުރި ބަހައްޓާފައި، ޙިޖާބުންނިވާގެންވާ ޙަޔާތުގެ ބައިވެރިއެއްވާ ކޮންމެ މީހަކީ އިރްހާބީއެއް ނޫންކަން ސާބިތު ކޮށްދިނުމެވެ.
• އަދު އުޞޫލީ އިސްލާމީ ހަމަތަކަށް ތަބާވާ މީހުންވެފައިވަނީ (ދިވެހި ބާޒާރުމަތީ ބަހުރުވައިން ދަންނަވާނީނަމަ ވައްހާބީން، އިނގިރޭސިން ދަންނަވަނީނަމަ އެކްސްޓްރިމިސްޓުން) އިރްހާބާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ އަމާޒަކަށެވެ. އަޅުގަނޑުމެން ދަންނަންވި ކަމަކީ މިމީހުންގެ ތެރޭގައިވެސް ތަފާތު ދަރަޖައިގެ މީހުންވާކަމެވެ. ވައްހާބީއެކޭ ކިޔާފައި އިނގިލި ދިއްކުރެވޭ ކޮންމެ މީހަކީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިއަކަށް ނުވާކަމެވެ. އޭގެތެރެއިން ބައެއް މީހުންނަކީ، އިސްލާމްދީނުގެ އަސާސީ އުޞޫލުތަކަށް ކިރިޔާވެސް ލޮޅުމެއް ނާރާނެހެން ދިރިއުޅެން ބޭނުންވާ ބަޔަކަށް ވެދާނެކަމެވެ. މިގޮތަށް އެއްފަހަރުވެސް ވިސްނާލެއްވުނުތޯއެވެ؟
• އެހެންމީހުންނާ ތަފާތު ޢަޤީދާއެއް ޤަބޫލުކޮށް އެއާއެއްގޮތަށް، އެހެންމީހުންނަށް ދަތިނުވާނޭ ފަދައިން އުޅުމަކީ ޙައްދުފަހަނައަޅައިދިޔުމެއް ނޫނެވެ. އެހެނީ ޙައްދުފަހަނައަޅައިދިޔުމަށްޓައި އެޢަޤީދާތަކަށް ބުރަވެހުރެ އެހެންމީހުންނަށް ތުރާވާޒާތުގެ ޙައްދުފަހަނައަޅައިފައިވާ ޢަމަލުތަކެއް ހިންގަން ޖެހެއެވެ. ހަމަ ތިމާ ޤަބޫލުކުރާ ޢަޤީދާއަކާ އެއްގޮތަށް އުޅުމަށް ޙައްދުފަހަނައަޅައިދިޔުމޭ ވިދާޅުނުވާށެވެ. ތަހުޒީބީ ދުނިޔޭގައި އެއީ މިނިވަންކަމެއްނޫންތޯއެވެ؟
• ތިބާ އެމީހުންނާ ދިމާލަށް އެހެން ވިދާޅުވާން ބޭނުންވެލައްވާނަމަ، ފުރަތަމަ އިސްލާމްދީން މިދުނިޔެމަތިން ފުހެލުމަށް ފޫގަޅާފައިވާ މީހުންނާ ދިމާލަށް އެހެން ވިދާޅުވާށެވެ. އޭގެ މީހުންތަކާއިގެން ޔޫރަޕާއި އެމެރިކާ އެވާނީ ތޮއްޖެހިފައެވެ. ނަމަވެސް އެހެންނަކުން ނޫނެވެ. އެމީހުންނަށް ތިބާ ވިދާޅުވަނީ ‘މަޢުޞޫމް’ ގޮތެއްގައި އެމީހުންދެކޭ ޚިޔާލު ފާޅުކުރާ އެކްޓިވިސްޓުންނޭވެ. ހަމަމިފަދައިން އަޅުގަނޑުމެން މުސްލިމުންނަށް އެހެން ވިދާޅުނުވާންވީ ކީއްވެގެންތޯއެވެ؟ އަޅުގަނޑުމެން މުސްލިމުންނަށްވެސް ސާދާ ސީދާ ސާފުމަގުން އެމީހުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބެންވާނެ ނޫންތޯއެވެ؟
• މިހާރު ޢާންމުވެފައިވާ އަނެއްކަމަކީ މުސްލިމަކު ކުރާ ކޮންމެކަމެއް އޭނާގެ ދީނީ މަޛްހަބާއި ވައްޓަފާޅިއާ ލާމަހާލުމެވެ. މިއީ ކުރަން ހެޔޮވާނޭފަދަ ޢަމަލެއް ނޫނެވެ. މިއަދު މަދީނާގެ ޔުނިވާސިޓީއަކުން ދަސްވެނިވާ އިސްލާމީ ޢިލްމުވެރިޔާއާއި ގޯޅި ކަންމައްޗެއްގައި ޖާނުންފިދާވެގެން މަރުވާ އަފްޣާނިސްތާނުގެ ހަރުކަށި ޖަމާޢަތެއްގެ މުސްލިމަކާ ދީނީ ޢިލްމުގެ ގޮތުން ހަމަހަމަވެގެންވޭތޯއެވެ؟ ބައެއް މީހުންނަށް ދީނީ ޢިލްމުގެ ބައިކުޅަބައެއް ލިބިގެން އެއާ އެއްގޮތަށް އުޅެން ދިމާކޮށްފާނެއެވެ. މިކަހަލަ މީހެއްގެ ކިބައިން ތިބާ އުއްމީދު ކުރާނީ ކޮންފަދަ ކަމެއްތޯއެވެ؟ އެހެން ދީނުތަކުގެ މީހުންގެ ތެރޭގައިވެސް މިފަދަ ‘ރޯނު އެދުރުން’ ނުވޭތޯއެވެ؟ އަދި އެހެންނޫނަސް މުސްލިމުން ކުރާ ކޮންމެ ކަމެއް ކުރަނީ ދީނުގެ ނަމުގައެއް ނޫނެވެ. ނަމަވެސް ޚަބަރުގައި އޭނާގެ ނަމަށްވުރެއްކުރިންވެސް ކިޔާނީ އިސްލާމްދީނެވެ. ނަމަވެސް ނަޞާރާއަކު ހަމަ އެއަމަލު ކޮށްގެން ޚަބަރުގައި ގޮވަންވެއްޖެނަމަ ޚަބަރުގެ ލޭއައުޓް މުޅިން ބަދަލުވެއެވެ. މިއީ ޕްރޮޕަގަންޑާނޫން ކޮންއެއްޗެއްތޯއެވެ؟ ތިބާ މި ޕްރޮޕަގަންޑާގައި ހިއްސާވެލައްވަން ބޭނުންފުޅުވަނީތޯއެވެ؟
• ވައްހާބީ، މިނަން އުފެދިގެން އައިގޮތް އެނގިލައްވާތޯއެވެ؟ މިނަން އުފެދިގެންއައީ މަޝްހޫރު މުޖައްދިދެއް އަދި ޢިލްމުވެރިއެއްކަމުގައިވާ ޢަބްދުﷲ ބިން ޢަބްދުލްވައްހާބުގެ މާކުރިން އުފެދުނު މަގުފުރެދިފައިވާ އިސްލާމީ ފިރުޤާ އަކަށް ނިސްބަތް ކޮންނެވެ. އޭގެފަހުން އެކަލޭގެފާނުގެ ހަތުރުން އެނަން އެކަލޭގެ ފާނުގެ ދަޢުވާއަށް ހަރުކުރީއެވެ. މިއަދު އަޅުގަނޑުމެން މިތަބާވަނީ އެކަލޭގެފާނުގެ ހަތުރުންނާއިއެވެ. އެކަލޭގެފާނު މުސްލިމުންނަށް ގޮވާލެއްވީ މާތްﷲގެ ފޮތަށާއި ރަސޫލާގެ ސުންނަތަށް ރުޖޫޢަވުމަށެވެ. އެކަލޭގެފާނު މުސްލިމުންނަށް ގޮވާލެއްވީ ރަސޫލާ އަޅުކަންކުރެއްވި ގޮތަށާއި ދިރިއުޅުއްވި ގޮތަށް ކަންކަން ބެހެއްޓުމަށެވެ. އެކަލޭގެފާނު ގޮވާލެއްވީ ރަޙުމްކުރުމަށެވެ. އެހެނީ ރަސޫލާ ފޮނުއްވުނީ ރަޙްމަތެއްގެ ގޮތުގައެވެ. ޞުލްޙަމަސަލަސް ކަމުގެ ރިސާލަތާއިގެންނެވެ. މިއަދު އަޅުގަނޑުމެން އެމާތް ޢިލްމުވެރިޔާގެ ނަން ބޭނުންކުރަނީ މީހުންނަށް ފުރައްސާރަކޮށް މަލާމާތްކުރާށެވެ. ލަދުގެ މިންވަރެއް ކިރިޔާވެސް ސަލާމަތުން ހުރިނަމަ މިނޫންއެހެން ނަމަކާމެދު ނަމަވެސް ވިސްނެވުންވެސް ކީއްތޯއެވެ؟
• މިދާކަށްދުހު ފާހަގަ ކުރެވުނު މީލާދީ އައުއަހަރު ފެށުމުގެ މުނާސަބަތާ ގުޅޭގޮތުން ރޭވުނު ބައެއް ހަރަކާތްތަކާމެދު އިސްލާމީ ކަންތަކާބެހޭ ވުޒާރާއިން އެޅުއްވި ފިޔަޅުތަކާމެދު ހިންހަމަ ނުޖެހިގެން ލިޔެފައިވާ ބޮލޮގެއް ދާދިފަހުން އަޅުގަނޑު ދުށީމެވެ. އެބޮލޮގުގައި މިހާރުގެ އިސްލާމީ ކަންތަކާބެހޭ ވަޒީރު ހެދުން ތުރުކުރައްވާ ގޮތާމެދުވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިކަމާ ގުޅޭގޮތުން ލިޔެފައިވާ ކޮމެންޓެއްގައި ވެއެވެ. “އަހަރެން ހިންޏައިގެން ފަޅައިގެން ދާވަރުވެއެވެ. އަދި ކަލޭ ކަލޭގެ ނަބިއްޔާ ޞިފަކުރާއިރު ފޯރި ހުންނާނެތާއެވެ.” ދަންނަވަން މިއުޅޭ ވާހަކައަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަށް ރަސޫލާ ހެދުން ތުރުކުރެއްވިގޮތް ނޭނގޭ ވާހަކައެވެ. އަޅުގަނޑު މިދަންނަވަނީ އެއްވެސް ޙާލެއްގައި އެންމެންގެ އަންނައުނުތައް ކުރުތާ ނުވަތަ ޖުއްބާއަށް ބަދަލުކުރާންވީ ވާހަކައެއްނޫނެވެ. ފަހުގެ ބައެއް ދީނީ ޢިލްމުވެރިން އެބޭފުޅުންގެ “ހިޕް ހޮޕް” “ލޭޓަސްޓް ޑިޒައިން”ގެ ފަޓުލޫނުތައް ރަސޫލާގެ މާތް ސުންނަތާއި ތަޢާރުޟްނުވާނޭ ފަދައިން “މޮޑިފައި” ކުރެއްވީތޯއްޗެކެވެ. އަޅުގަނޑު މިޔަށް ކިޔާނީ ތަޖްދީދެވެ. އިމާންކަމާއި ޘަޤާފަތް އަދުގެ ދުނިޔޭގައި ޤަބޫލުކުރެވޭނެ ފަދަ ގޮތަކަށް އައުކުރުމެވެ. ހަމަ މިނޭވާގައި ފާހަގަ ކޮށްލަމެވެ. ތަޖްދީދުގެ މާނައަކީ އެއްވެސް ޙާލެއްގައި ތިބާގެ ޝަހްވާނީ ޣަރީޒާތައް ފުއްދުމަށްޓަކައި އިސްލާމީ މައިގަނޑު އުޞޫލުތަކާއި ކުޅުމެއް ނޫނެވެ.
• ހަރުކަށި އުޞޫލީ ގޮތްގަނޑަކީ އިސްލާމީ ދީނަށް ޚާއްޞަ ކަމެކޭ ހީފުޅުނުކުރައްވާށެވެ. ނަޞާރާއިންގެ ތެރޭގައިވެސް މިފަދަ ފިރުޤާތައް ވެއެވެ. މިފަދަ އެންމެ ރަސްމީ އެއްފިރުޤާއަކަށްވާނީ އޯތޮޑޮކްސް ޗާރޗްއެވެ. ތިރީގައި މިވަނީ އަޅުގަނޑު މިފިރުޤާއާމެދު ކޮށްފައިވާ ދިރާސާގެ ތަންކޮޅެކެވެ.
During the latter part of the 20th century the mainstream of Orthodox thought adopted a more positive attitude toward the modern ecumenical movement. It cautiously entered into dialogue in the World Council of Churches (WCC), and several Orthodox churches joined the WCC after 1948. The Orthodox theologians who spoke before the WCC rejected any policy of doctrinal relativism and consistently argued that the goal of ecumenism should be the full unity of the faith, synonymous with complete reconciliation with Orthodoxy in fundamental matters of faith and practice.
Microsoft ® Encarta ® 2007. © 1993-2006 Microsoft Corporation. All rights reserved.
• ތިޔަބޭފުޅުން “އޮޕަސް ޑެއި” ނަމަކަށް ކިޔާ ނަޞާރާނިއްޔަ ފިރްޤާއެއްގެ ވާހަކަ އައްސަވާފާވާނެކަމަށް އުންމީދުކުރަމެވެ. މިމީހުންގެ ވާހަކަ ޑޭން ބްރައުންގެ މަޝްހޫރު ފޮތްކަމުގައިވާ “ދަ ޑާވިންސީ ކޯޑް”ގައި ގެނެސްފައިވެއެވެ. މިމީހުންގެ ގާތުގައި ހަރުކަށި އިސްލާމީ ހަނގުރާމަވެރިން ޗާލު ނިޔަނެތި ކޮކާތަކެއް ފަދައެވެ. އާދޭހެވެ. އެހެން ބަހުރުވަޔަކުން ދަންނަވާނަމަ “މިސްކިތް ބަހައްޓާވަރުވެއެވެ”. ތިރީގައި މިވަނީ އެމީހުންނާ ބެހޭގޮތުން އަޅުގަނޑު އެއްކޮށްލާފައިވާ މަޢުލޫމާތު ކޮޅެކެވެ.
Opus Dei has generated controversy, with critics charging that it is unduly secretive and advances a highly conservative theological and political agenda. During the rule of Spanish Fascist dictator Francisco Franco (1939-1975), members of Opus Dei served in the cabinet and helped draft and implement reforms intended to stimulate the economy. Other members of the organization opposed Franco, however, and the organization claims not to represent a political viewpoint.
More recently, Opus Dei has been criticized for sanctioning rituals of self-mortification, during which certain adherents fast or whip themselves to recall the pain endured by Jesus Christ.
Microsoft ® Encarta ® 2007. © 1993-2006 Microsoft Corporation. All rights reserved.
• ދިވެހިންގެ ތެރޭގައިމިވާ ބައިބައިވުމުގެ ވަހުމާއި އަދި ދީނުގެ ނަމުގައި އެތެރެ ހޮއެލާފައިވާ ފިތުނަވެރި ފިކުރުތައް ފޮހެލަންވެއްޖެއެވެ. “އެމީހުންގެމީހުން” “އަހަރުމެންގެމީހުން” ކިޔަން އަޅުގަނޑުމެންމިއީ އެއްބައެއް ނޫންތޯއެވެ. އަޅުގަނޑުމެން އެންމެންނަކީ މުސްލިމުން އަދި ދިވެހިން ނޫންތޯއެވެ؟
ނޯޓް: މިއީ ފަސް ބައިގެމައްޗަށް އެކުލެވިގެންވާ ސިލްސިލާ މަޒުމޫނެކެވެ. މިލިޔުން ފުރަތަމަ ޝާޢިއު ކުރެވިފައިވަނީ 2009 ނޮވެންބަރ 03 ގައި ނޫރުލްއިސްލާމް ވެބްސައިޓުގައެވެ.

















ޚިޔާލު