ރާއްޖޭގެ ޚަބަރު ދީނަށް ފާޑުކިޔާ، ނަބިއްޔާއާމެދު ޝައްކުއުފައްދާ މީހަކަށް އެވޯޑް ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: ޝަޙީމް

ދީނަށް ފާޑުކިޔާ، ނަބިއްޔާއާމެދު ޝައްކުއުފައްދާ މީހަކަށް އެވޯޑް ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: ޝަޙީމް

ދީނަށް ފާޑުކިޔާ، ނަބިއްޔާއާމެދު ޝައްކުއުފައްދާ މީހަކަށް އެވޯޑް ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: ޝަޙީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

dhi_shaheem090909

އިސްލާމް ދީނާމެދު ފާޑުކިޔާ، މުސްލިމުންގެ ނަބިއްޔާއާ މެދު ޝައްކު އުފައްދާ މުސްލިމުންގެ އިހުސާސް ތަކާކުޅެ ހަދަމުންދާ އެއްވެސް މީހަކަށް އިސްލާމީ ގައުމެއްގެ ރައިސްއަކު ހިތްވަރު ދިނުމުގެ އެވޯޑެއް ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރ އައްޝައިޙް މުޙައްމަދު ޝަޙީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަޙީމް އިތުރަށް ވިދާޅުވީ ސުލްހަވެރި ކަމާއެކު މުސްލިމުންނާއެކު އުޅޭ އެހެން ދީންތަކުގެ މީހުންނަށް ގުޅުން ބޭއްވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ހަނގުރާމައިގެ ވަގުތުތަކުގައި ވެސް އިސްލާމްދީން ވަނީ އެހެން ދީން ތަކުގެ އަހުލުވެރިން ހިމާޔަތް ކޮށްދީފަ ކަމަށެވެ.

މިގޮތުން ހަނގުރާމާގެ ދަނޑިވަޅުގައިވެސް އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަން ހަލާކު ނުކުރުމަށާއި އެމީހުންގެ ދަންނަބޭކަލުން ގަތުލު ނުކުރުމަށް ވެސް އިސްލާމް ދީނުގައި އަންގަވާފައިވާ ކަމަށް ޝަޙީމް ވިދާޅުވިއެވެ.

އަދި ހަމަ މިއާއެކު މިނިސްޓަރ ޝަޙީމް ވިދާޅުވި ގޮތުގައި އިސްލާމް ދީނަށް އެކި ގޮތްގޮތުން ހަނގުރާމަކޮށް ދީނަށް ފާޑުކިޔާ ދީނާމެދު ޝައްކު އުފައްދަން މަސައްކަތް ކުރާފަރާތްތަކާ މެދު މުސްލިމުން އިންސާނީ ގުޅުމުގެ އިތުރުން ކުރަންޖެހޭ އިތުރުކަމެއް ނޯންނާނެ ކަމަށާއި ގައުމަށް އައި މެހެމާނުންނަށް ކަމޭހިތުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމަކީ ވެސް ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް އެއާ ހިލާފަށް އިސްލާމް ދީނަށް ފާޑުކިޔާ ނަބިއްޔާއާމެދު ޝައްކުއުފައްދާ މުސްލިމުންގެ އިހުސާސްތަކަށް ކުޅެހަދާ މީހަކަށް އެވޯޑް ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށާއި އެފަދަ ކަމެއް ރާއްޖޭގައި ހިގާދިޔުމަށް ނޭދޭ ކަމަށް ވެސް ޝަޙީމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.