ރާއްޖޭގެ ޚަބަރު

ރައީސް ނަޝީދުގެ ރަނިންމޭޓަކަށް ވުމަށް ދަޢުވަތެއް ނުލިބޭ: ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ

ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

ފޮޓޯ: ރައީސް އޮފީސް

2013 ގެ ރިޔާސީ އިންތިޙާބުގައި ބައިވެރިވެ ވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ނަޝީދުގެ ރަނިންމޭޓަށް ވުމަށް ދަޢުވަތު ނުލިބޭ ކަމަށް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ، ދިއިސްލާމްއަށް ކަށަވަރު ކޮށްދީފިއެވެ.

ކުރިޔަށް އޮތް އިންތިހާބުގައި އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓަކަށް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިއްތިފާޤުން ހޮވިވަޑައިގެންފައިވާކަމަށް މީޑިޔާތަކުގައި ފެތުރިފައިވާ ޚަބަރު ދޮގުކުރައްވާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ، ދިއިސްލާމް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެމްޑީޕީއިން އެކަހަލަ ނިންމުމެއް ނިންމިކަން އެނގިވަޑައިނުގަންނަވާ ކަމާށާއި ރައީސް ނަޝީދުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުގެ ދަޢުވަތެއް ލިބިލައްވާފައި ނުވާ ކަމަށެވެ.

ޝޯޝަލް ނެޓްވޯކްތަކަކުގައިވެސް ފެތުރިފައިވާ މި ޚަބަރު ދޮގުކުރައްވަމުން ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ، ވިދާޅުވީ މިކަމާ ގުޅޭ މަޢުލޫމާތެއް "އަޅުގަނޑަކަށް ނޭނގޭ" ކަމަށެވެ. އަދި މިފަދަ ދަޢުވަތެއްގެ އިޝާރާތެއް ލިބިފައިވޭތޯ ސުވާލް ކުރުމުން ޑރ މަޖީދު ވިދާޅުވީ، "ތިކަމާ އެއްޗެއް ދަންނަވަން ނެތް" ކަމުގައެވެ.

އެމްޑީޕީގެ ހަބަރުތައް ފޭސްބުކްގައި ގެނެސްދޭ ކުލަ ޔެލޯއިން ރައީސް ނަޝީދުގެ ރަނިންމޭޓަކަށް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ހަމަޖެއްސި ކަމަށް ފެތުރި ހަބަރު މިހާރު އެ ޕޭޖުންވެސް ވަނީ ދޮގުކޮށް މަޢާފަށް އެދިފައެވެ. އަދި އެމްޑީޕީ ގެ ރިޔާސީ ކެނޑިޑޭޓް ގެ ރަނިންމޭޓެއް އަދި ނުހޮވާކަމަށާއި  ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ނުބާއްވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މީގެ ކުރިން ރައީސް ނަޝީދު ވަނީ އެ މަނިކުފާނާ އެކު 2013ގެ ރިޔާސީ އިންތިޚާބަށް ނިކުންނަވާ ރަނިންމޭޓަކީ އައްޑޫ ބޭފުޅަކަށް ވާނެކަމަށް އިޢުލާން ކުރައްވާފައެވެ.

ގުޅުންހުރި

4 ޚިޔާލު

  1. ތިމީހާގެ ފަހަތުން ރަނިންމޭޓަކަށް ނިކުންނަމީހަކަށް ވެެރިކަން ލިބޭނެ އެއީ އަހަރުނުވަނީސް އިސްތިއުފާ ދީފައި ރަނިންމޭޓް ފަހަތުންް ދުވާނެ ވެރިކަން ފޭރިގަތޭ ބާޢީ އޭ ގޮވަމުން. އަނެއްކާ އައްޑުގައި އެބަހުރިބާ އެވަރު މޮޔައެއް.

  2. އަޅުގަންޑަކީ އައްޑުމީހެއް. އަޅުގަންޑަށް ރަނގަޅި ނަޝީދު ކަހަލަ ރައްޔިތުންނަށް ނުބައި ނުލަފާ ވެރިކަން ކުރި މީހެއްގެ ރަނިންމޭޓަކަށް އައްޑޫމީހަކު ނުނެގިއްޔާ. ނަޝީދުގެ ރަނިން މޭޓަކަށް ރަންގަޅުވާނީ ނަޝީދުގެ ފިކުރާއި ގޮތާއި ބާވަތް ދިމާވާފަދަ ބޭފުޅަކުނެގިއްޔާ މިސާލަކަށް އިބްރާހިމް ހުސެއިން ޒަކީ ފަދަ އަބްދުއްﷲ ޖާބިރު ފަދަ އާދިލް ސަލީމު މެން ފަދަ ބޭފޫޅަކު ނެނގެވީމަ އަސްލު ހަގީގީ ތާއީދުވެސް ފެނިގެންދާނެ.

  3. ކުރީ ފަހަރު މިނިސްޓަރުކަމުން އިސްތިއުފާ ދިފައިވެސް ބުނި ތިމަންނައަކަށް ނުދެނެހުރީމޭ އަލުން މިނިސްޓަރަކަށް އަންނަން ޑީޅް ހެދިކަމެއް. އެކަމަކު ދުވަސްކޮޅަކުން ފެނުނީ މަޖީދާއި ކުރި ސުވާލައި އެއްގޮތަށް ކަންތައްތައް ވެގެން ދިޔަތަން. މިހާރު ދެން ދޮގުހެދުން އާންމުވީ .ކިޔަވާފައި ތިބިމީހުންގެ ވެލިއުއެއް ނެތް. ހަމަ އަމިއްލައަތުން ކުރާ ކަންތައްތަކުގެ ސަބަބުން …….

  4. މަޖީދު ތިނަޝީދުގެ ކިބައިން ސަލާމަތްވެ ތިމާ މިގައުމުގެ ރައްޔިތުންނަށް ހެރޮއެދި މިގައުމުގެ އިސްލާމްދީން ކުރިއެރުވުމަށް އެހެނިހެން އިލްމުވެރިން އެކުރައްވާ މިއްނެތް މަސަތްކަތްތަކަށް ހިއްވަރުދީ އެބޭފުޅުންނާއެކު ކުރިޔަށްދިއުން އެދެން. އޭނަގެ ރަނިންމޭޓަކަށް ދިއުން އެއީ ދުނިޔެއާއި އާހިރެތް ގެއްލުން ފަދަކަމަކަށްވުން އެއީ އެކަށީގެންވަކަމެއް. މިހާރުވެސް އެދައްކަވާވާހަކަތަކަށް ބަލާއިރުވެސް އޭނަގެ ކިބައިން ގައުމަށްވީ ފޫނުބެދޭވަރުގެ ގެއްލުން ދިނަށްވެސް ނުކުރާމަލާމަތެއްނެތް، ތިކަމުން ސަލާމަތްވޭ!

Your email address will not be published. Required fields are marked *