ޕީސް ފައުންޑޭޝަން އިން އިންތިޒާމް ކޮށްގެން " ތިބާގެ ކިބާގައި ލަދުވެތިކަން ނުވާނަމަ" މިނަމުގައި ދަރުސްއެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ދިއިސްލާމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 14 ޑިސެންބަރ ވާ ހުކުރު ދުވަހުގެ ރޭ (މާދަމާރޭ) ވިލިނގިލީ ބޯޅަދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސް ދެއްވާނީ އައްޝައިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ.
މި ދަރުސްގައި ވީހާވެސް ގިނަ ފަރާތް ތަކުން ބައިވެރިވުމަކީ ދަރުސް އިންތިޒާމް ކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމަކަށް ވާއިރު މިދަރުސް ރޭޑިއޯ އެޓޯލް އިން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
" ތިބާގެ ކިބާގައި ލަދުވެތިކަން ނުވާނަމަ" މިނަމުގައި ދަރުސްއެއް ބާއްވަނީ

ކޮމެންޓް (0)
ލޯޑް ކުރަމުން...