ޙައްޖުވެރިންނަށް މޯބައިލް ކަވަރޭޖް ފެންވަރު ރަނގަޅު ކުރުމަށް އިތުރު ފިޔަވަޅުތަކެއް މިއަހަރު އަޅާފައިވާކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
ސައުދީގެ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ޙައްޖު ތެރޭގައި މޯބައިލް ކަވަރޭޖް ރަނގަޅު ކުރުމަށް އިތުރު 1000 ސިގްނަލް ޓްރާންސްމިޝަން ހަރުކޮށްފައިވާކަމަށާއި ޙާއްޖުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި މޯބައިލް ކަވަރޭޖް ލިބޭނެކަމަށެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި ޓްރޭން އެކި ސަރަހައްދުން ދަތުރު ކުރާއިރު އެސަރަހައްދުތަކަށް މޯބައިލް ހިދުމަތް ދިނުން މިއީ އާތަޖުރިބާއެއް ކަމަށާއި ޓްރޭން ދަތުރު ކުރާ ވަގުތުވެސް އެއްވެސް މައްސަލައެއް ނުޖެހި ކަވަރޭޖް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
މިދިޔަ އަހަރު ޙައްޖު ތެރޭގައި މުވާސަލާތީ ހިދުމަތްތަކުގައި ކޮންމެވެސް ވަރަކަށް މައްސަލަ ޖެހިފައިވީނަމަވެސް މިފަހަރު ކުރީގެ ތަޖުރިބާގެ އަލިގައި އެކަންކަން ރަނގަޅު ކޮށްފައިވާކަމަށް ހަބަރުތަކުން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...