
ފުލުހުންގެ ޓީމެއް އިރުމަތި އަވަށު ޕްރީ ސްކޫލުގެ އޮފީހުގައި ހަރަކާތްތެރިވަނީ | ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ހދ.ކުޅުދުއްފުށީ އިރުމަތި އަވަށު ޕްރީ ސްކޫލް އޮފީސް ފަޅާލާ 8000 ހެއްހާ ރުފިޔާ ވަގަށް ނަގައިފިއެވެ.
ދިއިސްލާމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނަށް ވައްކަން ކުރަން ވަން ބަޔަކު ވަދެފައިވަނީ އެސްކޫލުގެ އޮފީހުގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެންނެވެ. އަދި އޮފީހުގައި ހުރި މޭޒެއްގެ ވަތްގަނޑެއްގައި ބަހައްޓާފައި ހުރި ފައިސާ ވަގަށް ނަގާފައިވާއިރު އެ މޭޒުގެ ވަތް ގަނޑާއި، ކުޑަދޮރުގައި ޖަހާފައިހުރި ދާގަނޑާއި އެދޮރުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްލާފައެވެ.
8000 ރުފިޔާގެ އިތުރުން އިތުރު އެއްޗެއް ވަގަށް ނަގާފައެއް ނުވެއެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ސްކޫލް އޮފީހުގައި ފޮރެންސިކް ޓީމެއް ދަނީ ހަރަކާތް ތެރި ވަމުންނެވެ. ނަމަވެސް މިމައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...