ރާއްޖޭގެ ޚަބަރު ހޮނޑައިދޫ ބެލެހެއްޓުން ވަގުތީ ގޮތުން ހދ އަތޮޅު ކައުންސިލް އިދާރާއާ ހަވާލުކޮށްފި

ހޮނޑައިދޫ ބެލެހެއްޓުން ވަގުތީ ގޮތުން ހދ އަތޮޅު ކައުންސިލް އިދާރާއާ ހަވާލުކޮށްފި

ހޮނޑައިދޫ ބެލެހެއްޓުން ވަގުތީ ގޮތުން ހދ އަތޮޅު ކައުންސިލް އިދާރާއާ ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ހދ. ހޮނޑައިދޫ

ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކާއި ސިޔާސީ ބަޔަކު ބަނގުރާ ބުއިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހޮނޑައިދޫ ބެލެހެއްޓުން ވަގުތީ ގޮތުން ހދ އަތޮޅު ކައުންސިލާ ހަވާލު ކޮށްފިއެވެ.
ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ޒަކަރިއްޔާ ހަސަން ކުޅުދުށްފުށި އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަތޮޅު ކައުންސިލާއި ހޮނޑައިދޫ ހަވާލު ކުރީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރި އިން ފޮނުވި ސިޓީ އަކުން ކަމަށެވެ. އެހެންކަމުން އަތޮޅު ކައުންސިލުގެ ފަރާތުން އެރަށުގެ ހާލަތު ބަލާލުމަށް ދަތުރެއް ކޮށްފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވެފައި ވާކަމަށް އެ ނޫހުގައި ވެއެވެ.
ކުޅުދުށްފުށި އޮންލައިން ގައި ޒަކަރިއްޔާ އާ ހަވާލާދީ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ހޮނޑައިދޫގައި ފާލަމެއް އަޅާފައިވާ ކަމަށާއި އެއީ ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ރަށެއް ނަމަވެސް އެކަމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާ ނަމަވެސް ވަރަށްގިނަ މުދާ އެ ރަށުގައި އެބަހުރި ކަމަށެވެ. 30 ދުވަހުގެ ތެރޭގައި އެތަކެތި ކައުންސިލްގެ ބެލުމުގެ ދަށުން ހުސްކުރުމަށް ކުރިން އެރަށާއި ހަވާލުވެފައިވާ ޔޮޓް ޓުއާސް މޯލްޑިވްސް އަށް މިހާރު އަންގާފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. 30 ދުވަހުގެ މުހުލަތު މިމަހުގެ 25ހަށް ހަމަވާނެކަންވެސް ޒަކަރިއްޔާ ފާހަގަކޮށްފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހިއްސާވާ ޔޮޓް ޓުއާސް މޯލްޑިވްސް އަށް ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތް ކުރުމަށް ދީފައިވާ މިރަށުގެ އެއްބަސްވުން އުވާލީ މިދިޔަ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ.
ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އިން ހާމަކުރަށްވާ ފައިވާ ގޮތުގައި އެއްބަސްވުން އުވާލީ މާލިއްޔަތު ގަވައިދުގައި ބުނެފައިވާ ގޮތަށް ރަށް ކުއްޔަށް ދިނުމުގެ މަގުސަދު ހާސިލްނުވުމާއި އެ ރަށުން ގިނަ އަދަދަކަށް ބަނގުރާ ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެންގުމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.