އެހީ!

އައިޝަތު ނިހުލާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ

ލ.މާބައިދޫ، ސާހިލް މަރިޔަމް ނާހިދާއާއި ދޮމްމޫސަގެ ދެވަނަ ދަރިފުޅު އައިޝަތު ނިހުލާ އަކީ ބަލާބެލުމަށް ބަލިކުއްޖެއްކަން ނޭގެއެވެ. ނަމަވެސް މާގިނައިރު ކޮޅަށްހުރުމާއި، ހިނގުމާއި، ޙަރަކާތްތެރިވެ އުޅުމުން އައިޝަތު ނިހުލާއަށް ވޭނާއި ދަތި އުނދަގޫތަކެއް ތަޙައްމަލު ކުރަންޖެހޭކަން އައިޝަތު ނިހުލާގެ އާއިލާއަށް ފާހަގަވާން ފެށުމުން ލަސްނުކޮށް ރަށުގެ ސިއްޙިމަރުކަޒުގެ ޑޮކްޓަރަށް ދެއްކުމަށްފަހު އެޑޮކްޓަރުގެ ލަފާގެމަތިން ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގޮސް އެތަނުގެ ޑޮކްޓަރުންނަށް ދެއްކުމުންވެސް އައިޝަތު ނިހުލަގެ ބައްޔަކީ ކޮބައިކަން ދެނެގަނެވޭވަރެއް ނުވިއެވެ.

އެހެންކަމުން އައިޝަތު ނިހުލާގެ ބަލި ދެނެގަތުމަށް ޓަކައި އައި.ޖީ.އެމް.އެޗުގެ ޑޮކްޓާރުންނަށް ދެއްމުމަށް ފަހު އެޑޮކްޓަރުންގެ ލަފާގެމަތިން 2012 ވަނަ އަހަރުގެ ކުރީކޮޅު އިންޑިއާގެ އަމްރީތާ ހޮސްޕިޓަލަށް ދައްކައި ޓެސްޓްތައް ހެދުމުން އެނގުނީ އައިޝަތު ނިހުލާގެ ހިތުގައި ލޯވަޅެއްހުރިކަމާއި، ހިތް މަސައްކަތްކުރުމަށް ބޭނުންވާ ނާރެއް ހިތުގައި ނެތްކަމާއި، ހިތުގެ އެތެރޭގައި ހުންނަންޖެހޭ ނާރެއް ހިތުންބޭރުގައި ހުރިކަމެވެ.
ލ. އަތޮޅުމަދަރުސާގެ ގްރޭޑް 1 ގައި ކިޔަވަމުންދާ މި އައިޝަތު ނިހުލާގެ ޚިޔާލާއި ފިކުރުގައި މިއިން އެއްވެސްކަމެއް ނުވާކަހަލައެވެ. އެ ޢުމުރުގެ އެހެން ދަރިވަރުންނެކޭ ވެސް އެއްފަދައިން އުފާވެރިކަމާއެކު ހެލިފެލިވެ، ޙަރަކާތްތެރިވެ، ކިޔެވުމައިގެން ކުރިއަށްދިއުމުގެ އުންމީދުގައި ކޮންމެ ދުވަހަކުވެސް މަދަރުސާއަށް ޙާޟިރުވެއެވެ. އައިޝަތު ނިހުލާގެ މަންމަ އާއި ބައްޕަގެ ފިކުރު ބޮޑުވެ ގޮތް ހުސްވެފައެވެ. މި ތުއްތު ކުއްޖާގެ ފަރުވާއަކީ ހިތުގައި ވާ ލޯވަޅު ބެއްދުމައް ސަރޖަރީ ހެދުމާއި ހިތް މަސައްކަތް ކުރުމަށް މަދުވާ ނާރެއް ހަދައި ފައި ލެއްވުމާއި އަދި ހިތުން ބޭރުގައި ވާ ނާރުތަށް އެތެރެއަށް ލުމުގެ ބޮޑެތި ސަރޖަރީ ހެދުމެވެ. މިކަންކަމަށް ކުރަންޖެހޭ ޚަރަދު ލައްކައިން އަރާނެކަމަށް ލަފާ ކުރެވެއެވެ. އަދި ލަސްކޮށްފި ނަމަ ފުރާނައަށް ގެއްލުން ވާނެކަމަށް ޑޮކުޓަރުން ވިދާޅުވިއެވެ.

އައިޝަތު ނިހުލާގެ އާއިލާއިން ވަނީ މިފަދަ ބޮޑު ޙަރަދެއް ކުރުމަށް ނުކުޅެދިފައެވެ. ތިޔަބޭފުޅުންގެ ދީލަތި އެހީއަށް ނިހާޔަތަށް ބޭނުންވެފައެވެ. އެ ތުއްތު ދަރިފުޅާއި، އެ އާއިލާއަށްޓަކައި ހަމަ ކޮންމެ ބޭފުޅަކުވެސް ޤުރުބާނީއެއް ވެލައްވާށެވެ. ނިހުލާގެ ފަރުވާއަށްޓަކައި ތިބާގެ އަތުން ދިއްކޮށްލާ އެންމެ ރުފިޔާއަކީ ވެސް މިއަދު އެ ޢާއިލާއަށް ރަނަށްވުރެވެސް އަގު ބޮޑު އެއްޗެކެވެ. ލަސް ނުކުރައްވާ ނިހުލާއަށް އެހީތެރިކަން ފޯރުކޮށްދެއްވާށެވެ. ﷲ ގެ މަގުގައި ހޭދަ ކޮށްލޭ އެންމެ ބައިރުފިޔާއަކީ ވެސް ގެއްލިގެން ދާނެ އެއްޗެއް ކަމުގައި ހީނުކުރާށެވެ. މާތް ﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވާނެ އެވެ. މާދަމާ ތިބާ ވެސް އެހެން މީހުންގެ ކިބައިން އެހީތެރިކަން ބޭނުން ވެދާނެކަން ހަނދާން ނައްތާނުލާށެވެ.

އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ އައިޝަތު ނިހުލާގެ މަންމަ ނަންބަރު 7533886 ގުޅުއްވާށެވެ. އަދި ފައިސާގެ އެހީ ދެއްވުމަށް ތިރީގައިވާ ބޭންކު އެކައުންޓަށް ޖަމާކޮށްދެއްވުން އެދެމެވެ ބޭންކު އޮފް މޯލްޑިވުސްގެ ، ލ. ފޮނަދޫ ބްރާންޗު އެކައުންޓް ނަންބަރު : 001 365670 7707- އެކައުންޓްގެ ވެރިފަރާތް : މަރިޔަމް ނާހިދާ )އައިޝަތު ނިހުލާގެ މަންމަ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އެހީ!