ރާއްޖޭގެ ޚަބަރު މީހެއްގެ ބޭންކް އެކައުންޓަކުން މަކަރާއި ހީލަތުން ފައިސާ ނެގި މީހެއްގެ މައްސަލަ ޕީ.ޖީއަށް ފޮނުވައިފި

މީހެއްގެ ބޭންކް އެކައުންޓަކުން މަކަރާއި ހީލަތުން ފައިސާ ނެގި މީހެއްގެ މައްސަލަ ޕީ.ޖީއަށް ފޮނުވައިފި

މީހެއްގެ ބޭންކް އެކައުންޓަކުން މަކަރާއި ހީލަތުން ފައިސާ ނެގި މީހެއްގެ މައްސަލަ ޕީ.ޖީއަށް ފޮނުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މީހެއްގެ ބޭންކް އެކައުންޓަކުން މަކަރާއި ހީލަތުން ސާދަ ހާސް ރުފިޔާ ނެގި މީހެއްގެ މައްސަލައިގެ ތަޙްޤީޤު ނިންމުމަށްފަހު ދަޢުވާ ކޮށްދިނުމަށްއެދި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ހާމަކުރަށްވާ ގޮތުގައި މި މައްސަލައިގެ ތަޙްޤީޤު ނިންމައި ދަޢުވާކޮށް ދިނުމަށް އެދި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ސ.ފޭދޫ، ދުންބުރުވާގެ އިބްރާހީމް ލަޠީފް (40އ) ގެ މައްޗަށެވެ.
ފުލުހުން އިތުރަށް ހާމަކުރަށްވާ ގޮތުގައި އިބްރާހީމް ލަޠީފުގެ މައްޗަށް ދަޢުވާކޮށް ދިނުމަށް އެދި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި އަހަރުގެ އޯގަސްޓް މަހުގެތެރޭގައި ބޭންކް އޮފް މޯލްޑިވްސް ގައިވާ 2 މީހެއްގެ އެކައުންޓުން މަކަރާއި ހީލަތުން -/14000 (ސާދަ ހާސް ރުފިޔާ) ނަގާފައިވާ މައްސަލައާއި ގުޅިގެން ކަމަށާއި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2012 ސެޕްޓެމްބަރު މަހުގެ 19 ވަނަދުވަހު ގައި ކަމަށެވެ.
މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ނޮވެމްބަރު މަހުގެ 18 ވަނަދުވަހު އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.