ދީނީ ސުވާލުތަކަށް ޖަވާބުދޭ ހޮޓްލައިނެއް ޤާއިމު ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ހަބަރުދޭގޮތުގައި "ދީނީ ސުވާލުތަކަށް ޖަވާބު ހޯއްދެވުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް ފަސޭހައިން، ޚަރަދު ކުރައްވަށް ޖެހިވަޑައި ނުގަންނަވާނޭހެން ޖަވާބު ދިނުމަށްޓަކައި މިމިނިސްޓްރީގައި ހިލޭގުޅޭ ފޯނުލައިނެއް ޤާއިމް ކޮށްފައިވާކަމަށާއި އެނަންބަރަކީ 8003008901ކަމުގައެވެ. އެމިނިސްޓްރީއިން ހާމަކުރައްވާގޮތުގައު މިނަންބަރުގެ ހިދުމަތް މިބަންދަށް ފަހު ފަށާނެކަމަށާއި ޝެއިހުންގެ މަދުވުމުގެ ސަބަބުން އަދި ކުރިއަށް ގެންދާނީ ވަކި ގަޑިތަކެއްގައި ކަމަށެވެ. އެގަޑިތައް ފަހުގެ ތާރީހެއްގައި ޢިއުލާން ކުރެވޭނެކަމަށެވެ.
އިސްލާމިކް މިނިސްޓްރީއިން ފަހަކަށް އައިސްދަނީ މިޒަމާނުގެ ޓެކްނޮލޮޖީގެ ބޭނުންހިފައިގެން މިފަދަ ކަންތައްތައް ތައާރަފްކުރަމުންނެވެ. އެގޮތުން އެސްއެމްއެސް މެދުވެރިކޮންނާއި އިންޓެނެޓް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...