އަރަބިދުނިޔެ

ފަލަސްތީނުގެ ހައްޖުވެރިން މައްކާއަށް އައިސްފައިވަނީ ސައުދީ ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައި...

ލިޔުނީ: އައިޝާ ޝަހޫ

ފަލަސްތީނުގެ ހައްޖުވެރިން މައްކާއަށް އައިސްފައިވަނީ ސައުދީ ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައިކަމަށް ސައުދީ މީޑިއާތަކުން ހަބަރުދީފިއެވެ.

މިއަހަރުގެ ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ފަލަސްތީނުން އަންނަ ހައްޖުވެރިން ސައުދީއަށް އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ހަބަރު ލިބޭގޮތުގައި ފަލަސްތީނުން ހައްޖަށް އައިސްފައިވާ 2000 ހައްޖުވެރިންނަށް ސައުދީ ރަސްގެފާނުގެ ފަރާތުން ދަތުރުފަތުރު ކުރުމާއި ކެއިންބުއިމުގެ އެންމެހާ ކަންތައްތައް ކޮށްދޭނެކަމަށެވެ.

ފަލަސްތީނުގެ ހައްޖުވެރިންވަނީ ސައުދީ ރަސްގެފާނުގެ އެ މެހެމާންދާރީއަށް ޝުކުރު އަދާކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *