ދުނިޔެ ޔާސިރު އަރަފާތުގެ ޤަބުރު އަންގާރަދުވަހު ކޮނެފި

ޔާސިރު އަރަފާތުގެ ޤަބުރު އަންގާރަދުވަހު ކޮނެފި

ޔާސިރު އަރަފާތުގެ ޤަބުރު އަންގާރަދުވަހު ކޮނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ވިހައެއްދެވިފައިވޭތޯ ބެލުމަށްޓަކައި ޔާސިރު އަރަފާތުގެ ޤަބުރު ބައިނަލްއަޤްވާމީ މާހިރުންގެ ޓީމަކުން އަންގާރަދުވަހު ކޮނެފިއެވެ.

ޔާސިރު އަރަފާތުގެ ޤަބުރު ކޮނެ ނެގުމަށް އެކުލަވާލެވިފައިވާ ޓީމުގައި ސްވިޒަލެންޑާއި ފްރާންސް އަދި ރަސިޔާއާއި ފަލަސްތީނުގެ މާހިރުން ހިމެނެއެވެ. ފޮރެންސިކް މަސައްކަތް ނިމުނުހާ އަވަހަކަށް އަރަފާތުގެ ހަށިގަނޑު ވަޅުލާން އޮތީ ނިންމާފައެވެ. ބައެއް ފަރާތްތަކުން ޔާސިރު އަރަފާތުގެ ހެދުންކޮޅުތަކުގައި މަތީ ދަރަޖައަކަށް 'ރޭޑިއޯއެކްޓިވް ޕޮލޯނިއަމް' ދެނެގަނެވިފައިވާކަން ހާމަކުރުމާއި ގުޅިގެން ފްރާންސްގެ މެޖިސްޓްރޭޓުން ވަނީ އޯގަސްޓު މަހު ޔާސިރު އަރަފާތުގެ މަރުގެ މައްސަލައިގައި ތަހުޤީޤުކުރަން ފަށައިފައެވެ. ޔާސިރު އަރަފާތު އަވަހާރަވާން ދިމާވި ސަބަބު އަދި ވަނީ ނުހޯދިފައެވެ.

ޔާސިރު އަރަފާތު އަވަހާރަވެފައިވަނީ ގޮތް ނޭނގޭ ބަލިމަޑުކަމެއްގައި ފްރާންސްގެ ޕެރިހުގައި 2004 ވަނަ އަހަރުއެވެ. މި މަރުގެ މައްސަލައިގައި އާންމުންގެ އިނގިލިތައް އިޒުރޭލަށް އަމާޒުވެފައިވީނަމަވެސް އިޒުރޭލުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.