ރާއްޖޭގެ ޚަބަރު ތިލަފުށީގައި ގޭސް ކަޓަރެއް ބޭނުންކޮށްގެން ޓޭންކެއް ކެފުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެ ޓޭންކް ގޮވައި ދެ މީހަކު ފިހިއްޖެ

ތިލަފުށީގައި ގޭސް ކަޓަރެއް ބޭނުންކޮށްގެން ޓޭންކެއް ކެފުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެ ޓޭންކް ގޮވައި ދެ މީހަކު ފިހިއްޖެ

ތިލަފުށީގައި ގޭސް ކަޓަރެއް ބޭނުންކޮށްގެން ޓޭންކެއް ކެފުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެ ޓޭންކް ގޮވައި ދެ މީހަކު ފިހިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތިލަފުށީ ގޮނޑު އަންދާ ސަރަހައްދު

ކ. ތިލަފުށީގައި ގޭސް ކަޓަރެއް ބޭނުންކޮށްގެން ޓޭންކެއް ކެފުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެ ޓޭންކް ގޮވައި ދެ މީހަކު ފިހިއްޖެއެވެ.

ފުލުހުންގެ ސަބްއިންސްޕެކްޓަރ ހަސަން ހަނީފް ދިއިސްލާމަށް މަޢުލޫމާތު ދެއްވި ގޮތުގައި ވިދާޅުވީ މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 13:40 އެހާ ކަންހާއިރު ކަމަށެވެ. އަދި މި ހާދިސާ ހިނގީ މިއަދު މެންދުރު 1:30 ކަމަށާއި ހާދިސާގައި ފިހިފައިވަނީ އުމުރުން 48 އަހަރާއި 56 އަހަރުގެ ދެ ފިރިހެނެއް ކަމަށް މަޢުލޫމާތު ދެއްވިއެވެ.

ފުލުހުން މީގެކުރިން ބުނެފައިވަނީ މި ހާދިސާގައި ގޮވީ ގޭސް ފުޅިތަކެއް ކަމަށެވެ. ނަމަވެސް ފަހުން ސައްޙަ މަޢުލޫމާތު ލިބުމުން މަޢުލޫމާތު ޙިއްސާ ކުރެއްވިއެވެ.

މިހާދިސާގައި ޒަޚަމްވީ 2 ދިވެހީންނެވެ. އެއީ އުމުރުން 48 އަހަރުގެ މީހަކާއި އުމުރުން 56 އަހަރުގެ މީހެކެވެ. އުމުރުން 48 އަހަރުގެ މީހާގެ އަތާއި ފައިގެ އިތުރުން ބަނޑާއެކު ކުރިމަތިން ބޮޑު ބައެއް ފިހިފައިވާކަމަށް އެނާ ބެލި ޑޮކްޓަރު މަޢުލޫމާތު ދެއްވިކަމަށް ވެއެވެ. އަދި މިހާދިސާގައި ފިހުނު އުމުރުން 56 އަހަރުގެ މީހާގެ ފަޔާއި ބުމަ ކައިރިން ފިހިފައިވާކަމަށްވެސް ޑޮކްޓަރު ހާމަ ކުރައްވައެވެ.

މިމީހުން ފިހިފައިވަނީ ތެޔޮ އުފުލާ ބާޖެއްގައި ތޮޔޮ ހުސްކޮށްފައި ހުރި ޓޭންކެއް ގޭސް ކަޓަރަކުން ކަފަން އުޅުމުގެ ތެރޭގައި އެޓޭންކް ގޮވައިގެންކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން ހާމަކުރެއެވެ.

މިހާދިސާގައި ޒަޚަމްވި ދެމީހުންނަށް އައި.ޖީ.އެމް. އެޗްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.