ރާއްޖޭގެ ޚަބަރު ”ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ބަނގުރަލުގެ މައްސަލަ ތަކުގައި އަޅައެއްނުލާ“

”ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ބަނގުރަލުގެ މައްސަލަ ތަކުގައި އަޅައެއްނުލާ“

”ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ބަނގުރަލުގެ މައްސަލަ ތަކުގައި އަޅައެއްނުލާ“

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހޮނޑައިދޫގައި ގެންގުޅުނު ކަމަށް ބުނާ ބަނގުރާފުޅީ ތައް | ފޮޓޯ: ޕޮލިސްމީޑިއާ

މިވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ބަނގުރަލުގެ މައްސަލަ ތަކުގައި އެއްގޮތަކަށްވެސް އަޅާލާފައިނެތް ކަމަށް ހޯމް މިނިސްޓަރު ޑރ. މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން ކ.ތުލުސްދޫގައި ހިންގި ކުށްމަދު ކުރުމާއި ބެހޭ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޖަމީލް ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރު ބަނގުރަލުގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކޮށްފައިނުވާ ކަމަށާއި އަދި އެއީ ކުށެއްނޫން ކަމަށް ހަދާފައިވާ ކަމަށެވެ.  އަދި ރާއްޖޭގައިކުރާ ކުށްތަކުގެ ތެރެއިން 90 ޕަސެންޓް ގުޅިފައިވަނީ މަސްތުވާ ތަކެއްޗާ ކަމަށާއި މިހާރުގެ ހަޤީޤަތަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބައެއް މީހުން ހައްޔަރުކުރުމުން އެކަން ގޯސްވުން ކަމަށެވެ. އަދި ވިދާޅުވީ މަސްތުވާ ތަކެތީގެ މައްސަލަތަކުގެ ވާހަކަވެސް ބައެއް ފަރާތްތަކުން މިހާރު ދައްކަންވެސް ބޭނުން ނުވާކަމަށެވެ.

”ބަޔަކު ރުހުނަސް ނުރުހުނަސް ބަނގުރާ ގެންގުޅޭ ކަމުގައި ވަނީ ނަމަ ފުލުހުންދާނެ. ހިފާނެ. ހޯދާނެ. އަޅުގަނޑު އެކަމަށް ފުލުހުންނަށް އިލްތިމާސްކުރަން. އިރާދަކުރެއްވިއްޔާ ފުލުހުން އެކަން ކާމިޔާބުކުރާނެ،“ މިނިސްޓަރު ވިދާޅުވި އެވެ.

ކުށްމަދު ކުރުމާއި ބެހޭ މި މަސައްކަތު ބައްދަލުވުން ނިންމުގެ ރަސްމިޔާތުގައި މިނިސްޓަރު ވަނީ ކުށްތައް ގިނަވުން ހުއްޓުވުމުގައި ކޮންމެ މީހެއްގެ ވެސް ޒިންމާއެއްވާކަން ގަބޫލު ކޮށްގެން އެންމެންވެސް އެކަމަށް މަސަކަތްކޮށް ދެއްވުމަށް ގޮވާލާފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.