ރާއްޖޭގެ ޚަބަރު

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުން ބާއްވައިފ

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ޖަލްސާ ބާއްވައިފިއެވެ.

މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. މި ޙަފްލާ ތަޢާރަފް ކޮށްދިނުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ޑިރެކްޓަރ އައްޝައިޚް ޢަބްދުލް ޢަޒީޒް ޙުސައިންއެވެ. މިޙަފްލާގައި އެ މަރުކަޒުން ހިންގި ޤާރީ ކޯސް ތަކާއި، ޓީޗިންގް ކޯސްތަކާއި، ޑިޕްލޮމާ ކޯސްތަކުގެ އިތުރުން އިމާމުކަމުގެ ކޯސްތަކުން ހަތްސަތޭކައެއްހާ ކުދިންވަނީ ފާސްވެ ސަނަދު ޙާސިލް ކޮށްފައެވެ. މީގެ އިތުރުން ކޯސްތަކުން އެއްވަނަ ، ދެވަނަ އަދި ތިންވަނަ ޙާސިލްކުރި ދަރިވަރުންނަށް ވަނީ އިނާމުދީފައެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ޖަލްސާ  ބާއްވާފައިވަނީ 21 ނޮވެމްބަރ ގައެވެ.

 ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަކީ ޤުރުޢާނާއި ބެހޭ ޢިލްމު އުނގަންނައި ދެއްވުމުގެ ގޮތުން ސަރުކާރުން އުފައްދާފައިވާ މަރުކަޒެކެވެ.މި މަރުކަޒު މިހާރު ހިންގަމުންދަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބެލުމުގެ ދަށުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *