"އިހުގެޅެން 2" މަދަހަ ސީޑީގެ އަމަލީ މަސައްކަތުގެ %60 ނިމިފައިވާކަމަށް މި މަދަހަ ސީޑީގެ ޕްރޮޑިއުސަރ އިބްރާހިމް ރަމީޒް (އިބޭ) ވިދާޅުވެއްޖެއެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އިބޭ ބުނީ މިފަހަރުގެ އަލްބަމަށް ދީފައިވާ ނަމަކީ "ވަޤްތު" ކަމަށާއި އިބޭގެ އިތުރުން ތިންމީހަކު މި އަލްބަމަށް މަދަހަކިޔާދީ ފައި ވާއިރު އޭގެ ތެރޭގައި މިދާއިރާއަށް މުޅިން އާފަރާތެއްވެސް މަދަހަ ކިޔާދީފައިވާ ކަމަށެވެ.
އިބޭ އިތުރަށް ވިދާޅުވީ ދެ މަދަހައެއްގެ ލިރިކްސް ރަނގަޅަށް ސާފުނުވުމުގެ ސަބަބުން އެދެ މަދަހަ ރިކޯޑް ނުކުރެވިފައިވީ ނަމަވެސް މިހާރު ފަސް މަދަހައެއްގެ ރިކޯޑިންގެ މަސައްކަތް ނިމިފައި ވާކަމަށެވެ. އަދި ލިރިކްސް ސާފު ނުވާ މަދަހައިގެ ލިރިކްސް ލިރިކްސް އޮޅުން ފިލުވަމުންދާ ކަމަށް ވެސް އިބޭ ބުންޏެވެ.
މިމަދަހަ އަލްބަމްގެ ފުރަތަމަ ސީޑީ ނެރެފައިވަނީ ވޭތުވެދިޔަ 2011 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
”އިހުގެޅެން 2“ މަދަހަ ސީޑީގެ އަމަލީ މަސައްކަތް ފަށައިފި
ކޮމެންޓް (0)
ލޯޑް ކުރަމުން...