ރާއްޖޭގެ ޚަބަރު އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ޢުދުވާނީ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ޢުދުވާނީ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ޢުދުވާނީ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފަލަސްޠީންގެ ރައްޔިތެއް ކަމަށްވާ ޔޫސުފް އަބޫ ޚައުސާ އޭނާގެ އަތްމަތީގައި މަރުވެފައިވާ 1 އަހަރުގެ ދަރިފުޅު | ފޮޓޯ: އަލްޖަޒީރާ

އިޒްރޭލުން ފަލަސްތީނުގެ ޢައްޒާއަށް ދެމުންގެންދާ ޢުދުވާނީ ހަމަލާތައް ހަމަ މިހާރުން މިހާރަށް ހުއްޓާލަން ޖެހޭނެ ކަމަށާއި އެ ކަން ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުއްސަމަދު އަބްދުﷲ ވިދާލުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުގައި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރުން އިޒްރޭލަށް ގޮވާލައެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ އާންމުންނަށް ސީދާ އަމާޒުކޮށް، އެތައް ސަތޭކަ ހަމަލާތަކެއްދީ އަދި އޭގެ ސަބަބުން އާންމުންގެ އެތައް ބަޔަކާއި އަންހެނުންނާއި ކުޑަކުންދިން މަރުވެ، އާންމުންގެ މުދަލާ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރުމަކީ، ތަހުޒީބީ ކޮންމެ ގައުމަކުންވެސް ކުރަންޖެހޭނެ ކަމެއް" ކަމަށް މި ނޫސްބަޔާނުގައި އަބްދުއްސަމަދު ވިދާޅުވިއެވެ. އަދި އިޒްރޭލުގެ މިއުދުވާނީ އަމަލު ހުއްޓުވަމަކީ ބައިނަލްއަގްވާމީ މުޖުތަމައުން މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭނެ ކަމެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ނޫސް ބަޔާނުގައި އިތުރަށް ހާމަ ކުރައްވާފައި ވާގޮތުގައި މެދުއިރުމައްޗަށް ދާއިމީ ސުލްޙައެއް ގެނެވޭނީ އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކުން އެކަމަށް މަސައްކަތްކޮށްގެން ކަމަށާއި އެސަރަހައްދުގައި ހަމަނުޖެހުން އުފެދުމުގެ އަސްލަކީ ފަލަސްތީން ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އިޒްރޭލުން އިހްތިރާމް ނުކުރުން ކަމުގައިވާތީ، އިޒްރޭލުން ނަގަންޖެހޭ ޒިންމާ އެހެން ހުރިހާ ފަރާތްތަކަށް ވުރެ ބޮޑުކަމަށް ދިވެހި ސަރުކާރުން ދެކޭ" ކަމަށްވެސް ހާމަކުރައްވައެވެ.

ބޭރުގެ މީޑިއާތަށް ބުނާގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 100 އަށް އަރާކަމަށްވެއެވެ. އޭގެ ތެރޭގައި 24 ކުޑަކުދިން އަދި 10 އަންހެނުން ހިމެނެއެވެ. އަދި 140 އަންހެނުންނަށާއި 260 ކުޑަކުދިންނާއި މުޅިއެކު 850 އަށްވުރެ ގިނަ މީހުން މި ހަމަލާތަކުގައި ޒަޚަމްވެފައި ވާކަމަށްވެސް ބޭރުގެ ޚަބަރު ފަތުރާ ވަޞީލަތްތަކުން ހާމަ ކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.